ފަހު ދިހައެއްގައި އާރްޑީސީގެ މުވައްޒަފުން ވަޒީފާއަށް ނިކުންނަން މަޖުބޫރުކުރާކަމުގެ ޝަކުވާ!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގްރެފިކްސް -- ރައްޔިތުންގެ ނޫސް
ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖައްސާފައި ވާއިރު، އާރްޑީސީން އެ ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާއަށް ނިކުންނަން މަޖުބޫރުކުރާ ކަމަށް ބުނެ ބައެއް މުވައްޒަފުން ޝަކުވާކޮށްފިއެވެ.
ރައްޔިތުންގެ ނޫހާ ވާހަކަދެއްކި އާރްޑީސީގެ މުވައްޒަފުން މައުލޫމާތުދިން ގޮތުގައި އިއްޔެ ރޭ ދަންވަރު 12 ޖެހިއިރު އާރްޑީސީއިން ވަނީ ރޯދަމަހުގެ ފަހު 10 ގައި މަސައްކަތަށް ނިކުންނަންޖެހޭނެކަމަށް އަންގާފައެވެ.
ނަން ސިއްރުކޮށްދިނުމަށް އެދި މައުލޫމާތުދިން ފަރާތުން ހިއްސާކުރި ސްކްރީންޝޮޓްތަކުން ނޯތް ސެންޓްރަލް ރީޖަންގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ ފަހު ދހައެއްގައި ވަޒީފާއަށް ނިކުންނަން އަންގާފައި އޮތްކަން އެނގެއެވެ. އަދި މި ދިހަ ދުވަހު ކުރާ ހުރިހާ މަސައްކަތެއްވެސް ގުނާނީ އިތުރު މަސައްކަތުގެ ވަގުތުގެ ގޮތުގައި ކަމަށް އެ މެސެޖް ލިޔުނު ފަރާތުން ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން ވަނީ ރަމަޟާން މަހުގެ ފަހު ދިހަޔަކާއި ގުޅިގެން މި ހިނގާ މާރޗްމަހުގެ 9 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް އެއީ ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖައްސާފައެވެ. ނަމަވެސް އާރްޑީސީން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގަނީ މަސައްކަތްތައް ނިންމަންޖެހޭތީ ބަންދުނުވާކަމަށެވެ.
މީގެ އިތުރުން ކުޑަ އީދުގެ ފުރަތަމަ ދުވަސް ބަންދުކޮށްފައި ޖެހިގެން އޮންނަ ދުވަހު ވަޒީފާއަށް ނިކުންނަ ގޮތަށް އެ ކުންފުނިން ކަނޑައަޅާފައިވާ ވާހަކަ މުވައްޒަފު ހިއްސާކުރިއެވެ.
"ހަގީގަތަކީ މިހެން ރައީސް ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސަވާ ދުވަސްދުވަހު އާރްޑީސީއިން މަޖުބޫރުކޮށްގެން މުވައްޒަފުން ޑިއުޓީއަށް ނެރެނީ" މި ނޫހާ ވާހަކަދެއްކި ފަރާތުން ކަންބޮޑުވުންފާޅުކުރިއެވެ.
އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރީ އެހެން މަސްމަހު ވެސް މިގޮތަށް ސަރުކާރު ބަންދުކުރާ ދުވަސްދުވަހު އާރްޑީސީގެ މައި އޮފީހުން އަންގައިގެން މުވައްޒަފުން ވަޒީފާއަށް ނެރެމުން ދިޔުމެވެ. ރައީސުލްޖުމްހޫރިއްޔާ ސަރުކާރު ބަންދުކުރެއްވުމަށް ނިންމަމައި ދެންނެވުންތައް ރައީސް އޮފީހުން އާއްމު ކުރި ނަމަވެސް ނަމަވެސް، އެއާއި ވިދިގެން އާރްޑީސީއިން އިންޓާނަލް މެމޯ ނެރޭކަމަށް މުވައްޒަފު ފާހަގަކުރިއެވެ.

އޭނާ އިތުރަށް ބުނީ ހޮނިހިރު ދުވަހަކީވެސް މީގެކުރިން ބަންދު ދުވަހެއް ކަމަށެވެ. ނަމަވެސް ޕީއެންސީ ސަރުކާރު އައިފަހުން ހޮނިހިރު ދުވަހު ހެނދުނު 09:00ން ހަވީރު 18:00 އަށް ވަޒީފާއަށް ނިކުންނަންޖެހޭ ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން ސަރުކާރު ބަންދު ދުވަހެއް ނަމަ އާރްޑީސީގެ މުވައްޒަފުންނަށް ވެސް އެ ދުވަސް އެމްޑީޕީ ވެރިކަމުގައި ބަންދުކަން އޭނާ ފާހަގަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް