ދުނިޔެ

ހަމަލާތަކަށް ފަހު ތެހެރާނަށް ތެލުގެ ވާރޭ ވެހިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަމަލާތަކަށް ފަހު ތެހެރާނަށް ތެލުގެ ވާރޭ ވެހިއްޖެ

ހަމަލާތަަކަށް ފަހު ތެހެރާންގެ އުޑުމަތި އޮތް ގޮތް ---

އެމެރިކާ އާއި ހައްދު ފަހަނަ އެޅި ސަޙްޔޫނީ ދައުލަތް އިޒްރާއީލުން އީރާނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކަށްފަހު އީރާނުގެ ވެރިރަށް ތެހެރާނަށް ތެލުގެ ވާރޭ ވެހިއްޖެއެވެ.

މިގޮތަށް މިކަން މެދުވެރިވީ ތެހެރާނުގެ ބޭރުގައި ޤާއިމްކޮށްފައިވާ، ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އިއްޔެ އާއި ރޭ އިޒްރޭލާއި އެމެރިކާއިން ބޮންއަޅައި ގޮއްވާލުމާއި ގުޅިގެންނެވެ. ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ބޮން އެޅުމުގެ ސަބަބުން ރޯވި އަލިފާންގަނޑާއި އަރަމުންދާ ބޯކަޅު ދުމުގެ ސަބަބުން ތެހެރާނުގެ ޖައްވު ވަނީ މުޅިން ބޯކަޅު ވިލާތަކުން ބެދިފައެވެ. އަދި ތެހެރާނަށް ރޭ ވެހުނު ވާރޭގައި ގިނަ އަދަދެއްގެ ގެނދަބުޅިއާ ތެލުގެ އަސަރު ހުރިކަން ފާހަގަކޮށްފައިވެއެވެ.

އެމެރިކާ އާއި އިޒްރޭލުގެ މިހަމަލާގެ ސަބަބުން ތެހެރާންގެ އާއްމު ރައްޔިތުންނަށް ވައި ތަޣައްޔަރުވެ ވަރަށް ބޮޑު ސިއްޙީ ނުރައްކަލަކާއި ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން އެމެރިކާ އާއި އިޒްރޭލުން އަންނަނީ، އީރާނުގެ ހޮސްޕިޓަލްތަކާއި ސުކޫލްތަކާއި އާއްމު އެހެން ތަންތަނަށްވެސް ހަމަލާދީ އާއްމުން ޝަހީދު ކުރަމުންނެވެ.

އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ އާއްމުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ތުއްތު ކުދިންވެސް ހިމެނެއެވެ.

އީރާނުގެ ތެޔޮކާރުޚާނާތަަކަށް ހަމަލާދީ އާއްމު ރައްޔިތުންގެ ސިއްޙަތު އެމެރިކާ އާއި އިޒްރޭލުން ނުރައްކަލަށް ހުށައެޅި އިރު، ހަމައެކަނި ތެހެރާންގެ އާބާދީއަކީ 16.8 މިލިއަނެވެ. މިއީ މުޅި އިޒްރާއީލުގެ އާބާދީއަށްވުރެވެސް ބޮޑު އަދަދެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް