ރާއްޖެ

އިރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާއިން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަނީ

އެމެރިކާގެ ފައިޓާ ޖެޓެއް ---

އީރާނާއި ދެކޮޅަށް ހަމަލާތައް ދިނުމުގައި، ރާއްޖޭގެ ދެކުނުން އޮންނަ ޑިއޭގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް ބޭނުން ކުރަމުންދާކަމަށާއި، އެމެރިކާގެ ހަނގުރާމަތީ އުޅަނދު ފަހަރު، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަމުގެ ކަންބޮޑުވުންތައް ހާމަކުރައްވާފައި ވަނީ، ކުރީ ސަރުކާރުގައި ހިނގައި ދިޔަ ކޮރަޕްޝަނާއި އަދި އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ޤާއިމްވެ ތިބޭކަމަށް ބުނެ ކުރީ ސަރުކާރާއި ދެކޮޅަށް އަދި މިސަރުކާރަށް ތާއީދު ހޯދުމުގެ ހަރަކާތްތަކުގައި ބައިވެރިވި މިދުއަމް ސައުދެވެ.

މިދުއަމް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓްތަކުގައި ބުނެފައި ވަނީ، އެހެން އެމެރިކާއިން އީރާނާ ދެކޮޅު ހަނގުރާމައަށް ޑިއޭގޯ ގާސިއާ ބޭނުން ކުރަން ފެށިތާ ދެދުވަސް ވެގެން ދިޔައިރު ރާއްޖޭގެ ވައިގެ ސަރަހައްދަށް އެމެރިކާގެ ބޯޓުތައް ވަންނަކަން ރިޕޯޓްތަކުން އެނގޭ ކަމަށެވެ. އަދި އެކަން ހުއްޓުވޭނެ ބާރެއް ދިވެހިދައުލަތުގައި ނެތްނަމަވެސް އެންމެ ކުޑަމުން އެކަން ރައްޔިތުންނަށް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް ކަމުގައި މިދުއަމް ވަނީ ބުނެފައެވެ.

ޗާގޯސްގެ ރަށްތަކަކީ، ދިވެހިރާއްޖޭގެ ބައެއް ކަމަށާއި އެރަށްތައް އަނބުރާ ހޯއްދަވާނެ ކަމަށާއި، ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު ދިވެހިރާއްޖެއަށް ލިބުމުންވެސް ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްމަރީ މަރުކަޒު ހިންގުމަށް ރާއްޖެއިން ހުރަސް ނާޅާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރުގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެއްސި އިރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ އެބޯޓަކީ ސިވިލް ބޯޓެއް ކަމަށެވެ. މީގެ އިތުރުން، ވެލާނާ އެއާޕޯޓުގައި މިދިޔަ ހަފްތާގައި އިޒްރާއީލުގެ އަސްކަރީ މަތިންދާ ބޯޓެއްވެސް ދަންވަރުގެ ވަގުތުގައި ޖެއްސި ކަމަށް، އެއާޕޯޓުގެ ބައެއް މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބުނު ނަމަވެސް ސަރުކާރުން އެކަން ކަށަވަރުކޮށެއް ނުދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް