ދުނިޔެ

ފިއުލް ސްޓޯރޭޖް ގޮއްވާލުމުން ތެހެރާން ގެ މަގުތަކުގައި އަލިފާން ފެތުރެނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފިއުލް ސްޓޯރޭޖް ގޮއްވާލުމުން ތެހެރާން ގެ މަގުތަކުގައި އަލިފާން ފެތުރެނީ

ތެހެރާންގެ ފިއުލް ސްޓޯރޭޖަށް އެމެރިކާއިން ބޮންއެޅުން ---

އެމެރިކާ އާއި އިޒްރޭލުން ރޭ ތެހެރާނުގައި ހުރި ތެޔޮރައްކާކުރާ ތަނަކަށް ހަމަލާދީ ގޮއްވާލުމާއި ގުޅިގެން ލީކުވި ތެޔޮތަކުގައި ހުޅު ހިފައި ބޮޑު ސަރަހައްދަކަށް އަލިފާން ފެތުރިއްޖެއެވެ.

ފިއުލް ސްޓޯރޭޖަށް ދިން ހަމަލާ އާއި ގުޅިގެން ބަންޑުންވި އަދި ލީކުވި ތެޔޮތަށް ވަނީ، ސްޓޯމް ޑްރައިނޭޖް ތެރެއަށް އެޅިފައެވެ. އެއާއެކު އެސަރަހައްދުގެ މަގުތަކުގެ ދެފަރާތުގައި ހުރި ފެން ހިންދާ ކާނުތަކުގެ ތެެރޭގައި ރޯވެފައިވާ ތެޔޮތައް ދަނީ ކޯރެއްހެން ދަތުރު ކުރަމުންނެވެ.

އީރާނުގެ މީޑިއާތަކާއި ބައިނަލްއަޤުވާމީ އެހެން މީޑިއާތަކުގައިވެސް ރިޕޯޓުކޮށްފައިވާ، ގޮތުގައި އެމެރިކާ އާއި އިޒްރޭލުން ގޮއްވާލި ފިއުލް ސްޓޯރޭޖުން ބޭރުވާ ތެޔޮތަށް މަގުތަކުގައި ދަތުރު ކުރަމުންދަނީ އަލިފާނުގެ ކޯރެއް ހެންނެވެ. މީގެ އިތުރުން ހަމަލާ އާއި ގުޅިގެން މުޅި ތެހެރާންގެ އުޑުމަތި ކަޅު ދުމުގެ ވިލާތަކުން ބައްދާލާފައި ވާއިރު، ފަތިހު ތެހެރާނަށް ވެހުނު ވާރޭގައިވެސް ވަރަށް ބޮޑަށް ތެލުގެ އަސަރު ހުރިކަމަށް ސީއެންއެންއިންވެސް ރިޕޯޓްކޮށްފައި ވެއެވެ.

މިއީ މިހަނގުރާމައިގެ ތެރޭގައި ތެޔޮރައްކާކުރާ ތަންތަނަށާއި ކާރުޚާނާތަކަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދިން ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ތެހެރާނުގައި ބޯފެން އުފައްދާ އެންމެ ބޮޑު ޕްލާންޓަށްވެސް އެމެރިކާ އާއި އިޒްރާއީލުން ވަނީ ހަމަލާދީފައެވެ.

ފިއުލް ސްޓޯރޭޖު ގޮއްވާލުމުގެ ސަބަބުން ތެހެރާންގެ އާއްމުން ނުރައްކަލަށް ހުށައެޅިފައިވާއިރު، އެމެރިކާ އާއި އިޒްރާއީލުގެ މިއަމަލަކީ ހަނގުރާމައިގެ ކުށެއް ކަމުގައި، ބައިނަލްއަޤުވާމީ ފަރާތަތްކުންވެސް ވަނީ ފާހަގަކޮށްފައެވެ.

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިޒުރާއީލުން ކުރާ ހަނގުރާމައިގައި އީރާނާއި ދެކޮޅަށް އެމެރިކާއިން ނިއުކުލިއަ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ ކަންބޮޑުވުންވެސް މިހާރު ވަނީ އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް