ރާއްޖެ

މުއްދަތު ހަމަވާ އިސްތިއުނާފު މައްސަލަތައް ރަސްމީ ފުރަތަމަ ދުވަހު ބަލައިގަންނާނެ: ސްޕްރީމް ކޯޓު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުއްދަތު ހަމަވާ އިސްތިއުނާފު މައްސަލަތައް ރަސްމީ ފުރަތަމަ ދުވަހު ބަލައިގަންނާނެ: ސްޕްރީމް ކޯޓު

މިއަދު މިފެށުނު ފަހު ދިހައިގެ ސަރުކާރު ބަންދު ދުވަސްތަކުގައި، މުއްދަތު ހަމަވާ އިސްތިއުނާފީ މައްސަލަތައް، ބަންދު ނިމި ކޯޓު ހުޅުވޭ ފުރަތަމަ ދުވަހު ހުށައެޅުމުން ބަލައިގަންނާނެ ކަމުގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ވިދާޅުވެއްޖެއެވެ.

އެކޯޓުން ނެރުއްވާފައިވާ ދެންނެވުމުގައި ވިދާޅުވީ، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވާތީ، އެދުވަސްތަކުގައި ކޯޓުތައްވެސް ބަންދުވާނެ ކަމަށެވެ. އެހެން ނަމަވެސް އެދުވަސްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވާ މައްސަލައެއް ނަމަ، ބަންދަށްފަހު ކޯޓު ހުޅުވޭ ފުރަތަމަ ދުވަހު ހުށައެޅުމުން އެއީ އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާ މައްސަލައެއްގެ ގޮތުގައި ބަލައިގަަންނާނެ ކަމުގައި ސްޕްރީމް ކޯޓުން ވަނީ ހާމަކުރައްވާފައެވެ.

މި ހޯމަ ދުވަހުންފެށިގެން ކުރިޔަށް އޮތް 13 ދުވަހު ސަރުކާރު ބަންދު ވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް