މިސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯހަކަށްވާނީ އަޅުގަނޑު ޖަލަށްލުން: ރައީސް ޔާމީން
ގާނޫނާއި ޝަރީއަތުގައި، ގާނޫނު ހަމަތަކުގެ ތެރެއިން އެމަނިކުފާނު ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު ޖަލަށް ލައްވައިފިނަމަ، އެކަން ވެގެންދާނީ މިސަރުކާރުން ހައްދަވާނެ އެންމެ ބޮޑު ގޯހަށް ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، "ވާނުވާ" ގެ މައްސަލަ )ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ މައްސަލަ( އެންމެގާތުން އެމަނިކުފާނަށް އެނގިވަޑައިގައިގަތީ، އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ކުރަންފެށި އިރު އެމަނިކުފާނުވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލްކޯޓުން ބަންދުގެ މުއްދަތު ޖެހި ހިސާބުން ކަމަށެވެ.
އިތުރަށް ކިޔާ