ރާއްޖެ

އަތުލައިގަތް 36 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅުންހުރި ދެމީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަތުލައިގަތް 36 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅުންހުރި ދެމީހަކު ހައްޔަރުކޮށްފި

36 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުން --- ފޮޓޯ: ޕޮލިސް

މިމަހުގެ 12 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުން ކަސްޓަމްސްއިން އަތުލައިގައި 36 ކިލޯގެ ހަޝިސް އޮއިލް އެތެރެކުރުމުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ހައްޔަރުކޮށްފައި ވަނީ، މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ) ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެދެމީހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 12ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް