ރާއްޖެ

އެކްސިޑެންޓެއްގައި އަނިޔާވި މީހުން ގޮވައިގެން ދަނިކޮށް އެމްބިއުލާންސްވެސް އެކްސިޑެންޓްވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެކްސިޑެންޓެއްގައި އަނިޔާވި މީހުން ގޮވައިގެން  ދަނިކޮށް އެމްބިއުލާންސްވެސް އެކްސިޑެންޓްވެއްޖެ

އެކްސިޑެންޓްވި އެމްބިއުލާންސް --- ފޮޓޯ: ރަށި ޚަބަރޯ ފޭސްބުކް ޕޭޖް

އައްޑޫ ސިޓީގައި ހިނގި އެކްސިޑެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އެމީހުން ގޮވައިގެން ހޮސްޕިޓަލަށް ދަތުރުކުރަނިކޮށް އެމްބިއުލާންސްވެސް އެކްސިޑެންޓެވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ ޑޭޒީމަގާއި އެޅެދީދީމަގު ގުޅުނު ކަންމަތިން ދެ ސައިކަލު ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ، ރޭގެ 21:40 ހާއިރުގައި ކަމަށެވެ. އެހާދިސާގައި ދެ ސައިކަލުގައި ތިބި 4 މީހުންނަށް އަނިޔާވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމްބިއުލާންސް އެކްސިޑެންޓް ވެފައި ވަނީ، ރޭގެ 21:59 ހާއިރުގައި ކަމަށާއި، އެ އެކްސިޑެންޓް ހިނގާފައިވަނީ ކާރެއްގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓާއި ގުޅިގެން ކާރު ޓޯވކޮށް މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލަވެސް ވަކި މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ،

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް