ސްޕޯޓްސް އެވޯޑްގައި ބީއެމްއެލްއަށް ޚާއްޞަ އެވޯޑެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބީއެމްއެލްއަށް ލިބުނު އެވޯޑާއި ހަވާލުވެވަޑައިގަންނަވަނީ --- ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ބޭންކް އޮފް މޯލްޑިވްސްއަށް ޚާއްޞަ އެވޯޑެއް ދީފިއެވެ.
ބޭންކަށް މި އެވޯޑު ދީފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައެވެ. ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވެލެއްވީ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީ ކުރުމާއި، ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ އަދި ސަރފިންގ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނަރޝިޕްތަކުގެ ދަށުން އެ އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަންވެސް ބޭންކުން ފާހަގަކޮށްފައި ވެއެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލްއިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށްވެސް އެހީތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް