ވިކުރާ

އެޓޯލް ބިޒްނަސް އެކްސްޕޯ 2026 މިއަހަރު އޭދަފުށީގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެޓޯލް ބިޒްނަސް އެކްސްޕޯ 2026 މިއަހަރު އޭދަފުށީގައި

"އެޓޯލް ބިޒްނަސް އެކްސްޕޯ 2026" ގެ އެއްބަސްވުންތަކުގައި ސޮއިކުރުން --- ފޮޓޯ: ހައިރައިޒް

"އެޓޯލް ބިޒްނަސް އެކްސްޕޯ 2026" ބ. އޭދަފުށީގައި ބޭއްވުމަށް ނިންމައި އެކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

ހައިރައިސްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އެޓޯލް ބިޒްނަސް އެކްސްޕޯގެ މަޤުޞަދަކީ، ރާއްޖޭގެ އަތޮޅުތެރޭގެ ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އަތޮޅުތަކަށް އަމާޒުކޮށްގެން ބާއްވާ މި އެކްސްޕޯ ބ އަތޮޅުގައި ބޭއްވުމުގެ މަޤްޞަދަކީ ބ. އަތޮޅުގެ ރަށު ފެންވަރުގެ ވިޔަފާރިތަކާއި، ރާއްޖޭގެ ބޮޑެތި ބްރޭންޑްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން ސީދާ ގޮތެއްގައި ގުޅުވައިދީ، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުމެވެ.

އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެކްސްޕޯ އިޢުލާންކޮށް، އެކްސްޕޯ ބޭއްވުމާ ގުޅޭ ރަސްމީ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ބ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމް އާއި ބ. އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙް އަދި ހައި ރައިޒް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ މަރްޔަމް މާއިޝާ އެވެ.

މިފަހަރުގެ އެކްސްޕޯގެ ފުރަތަމަ ޕާޓްނަރުންގެ ގޮތުގައި ގިނަ ކުންފުނިތަކެއް ވަނީ ބައިވެރިވެފައެވެ.

އެޓޯލް ބިޒްނަސް އެކްސްޕޯ ކުރިއަށް ދާނީ 2026 މާރިޗު 27 އިން 29 އަށް ބ. އޭދަފުށީގައި ކަމަށާއި، މިއީ އަތޮޅުތެރޭގެ ވިޔަފާރިތަކަށް އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ބޮޑެތި ކުންފުނިތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ލިބޭނެ ވަރަށް ފަހި ފުރުޞަތަކަށް ވެގެންދާނެ ކަމުގައި ހައިރައިޒް އިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް