ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސިނަ މާލެ ބުރިޖު ---
ސިނަމާލެ ބުރިޖާއި، އެއާޕޯޓުގެ މައިމަގު ގުޅޭ ހައިވޭ ޖަންކްޝަންގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ، ރޭގެ 23:15 ހާއިރުގައި ކަމަށެވެ. އެކްސިޑެންޓް ހިނގާފައި ވަނީ، މާލެ އިން ހުޅުމާލެއަށް ދަތުރު ކުރި ކާރަކާއި، ހުޅުމާލެއިން އެއާޕޯޓަށް ވަންނަން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހިގެން ކަމުގައި ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓާއި ގުޅިގެން އަނިޔާވެފައި ވަނީ، ސައިކަލު ދުއްވަން އިން މީހާއަށް ކަމަށެވެ. އަދި އޭނާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް