ސްރީލަންކާ ސިފައިންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަސްތުވާތަކެތި އުފުލި ޑިންގީތައް ލަންކާގެ ނޭވީގެ ބެލުުމުގެ ދަށުގައި --- ފޮޓޯ: ސްރީލަންކާ ނޭވީ
ކަނޑުމަގުން ސްރީލަންކާއަށް އެތެރެކުރަން ގިނަ އެދަދެއްގެ މަސްތުވާތަކެތި، ސްރީލަންކާގެ ކަނޑުގެ ސިފައިން އަތުލައިގެންފިއެވެ.
ސްރީލަންކާ ނޭވީން ހާމަކޮށްފައިވާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ހަޝިޝް އޮއިލްއެވެ. އޭގެ ބަރުދަނުގައި 50 ކިލޯ ގްރާމް ހުއްޓެވެ. ސްރީލަންކާ ނޭވީން ހާމަކޮށްފައިވާ ގޮތުގައި މިތަކެތި އަތުލައިގަތީ، ސްރީލަންކާ ނޭވީ ހިންގި އޮޕަރޭޝަނެއްގައި، ސްރީލަންކާގެ މަނާރުގެ ދެކުނު ކަނޑުގެ ސަރަހައްދުންނެވެ.
މިތަކެތި އުފުލާފައި ވަނީ، ކުޑަ ދެ ޑިންގީއެއްގައެވެ.
ސްރީލަންކާއަށް އެތެރެކުރަން އުޅުނު 50 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލް އަތުލައިގެންފައި ވާއިރު، ރާއްޖެއިން ވެސް ވަނީ 36 ކިލޯއަށް ވުރެ ގިނަ ހަޝިޝް އޮއިލް އަތުލައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް