ރާއްޖެ އެތެރެކުރަން އުޅުނު 36 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލޭ ކޮމާޝަލް ހާބަރުން އަތުލައިގަތް މަސްތުވާތަކެތި --- ފޮޓޯ: ކަސްޓަމްސް
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، އެތަކެތި އަތުލައިގެންފައި ވަނީ، ކަނޑުމަގުން ރާއްޖެގެނެސް މާލޭ ކޮމާޝަލް ހާބަރުގައި ހުއްޓައެވެ. އަތުލައިގަތް ތަކެތީގެ ތެރޭގައި، ހިމެނެނީ 36.43 ކިލޯ ގްރާމްގެ ހަޝިޝް އޮއިލެވެ. މަގުމަތީގެ އަގުން ބަލާނަމަ މިމަސްތުވާތަކެތީގެ އަގު 29 މިލިޔަނަށްވުރެ މަތިވާނެ ކަމުގައި ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.
ކަސްޓަމްސްއިން ވިދާޅުވީ އެ މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި، އަތުލެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ވަނީ ހަވާލުކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް