ބައިލައްކައަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރޯދަ ހަދިޔާ މަސްދަޅު ކޭސް ބެހުން -- ފޮޓޯ: ލޯކަލް ގަވަރމެންޓް މިނިސްޓްރީ
ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހާފައިވާ ކަމުގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލްގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ހާމަކުރައްވައިފިއެވެ.
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ގޭބިސީއަކަށް 1 ކޭސް މަސްދަޅު ދޫކުރާއިރު މިހާތަނަށް، 53،308 މަސްދަޅު ކޭސް ވަނީ، ދޫކޮށްފައެވެ. މިއަހަރުވެސް ހަދިޔާގެ ގޮތުގައި ދޫކުރަމުން އަންނަނީ، 48 ދަޅުގެ މިފްކޯ ތެޔޮމަސްދަޅު ކޭހެވެ.
މިނިސްޓްރީން މެދުވެރިވެގެން ރޯދަ ހަދިޔާ މަސްދަޅު ދޫކުރަން ފެށީ، މިހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިނިސްޓްރީން މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ހުއްޓާލީ މިމަހުގެ 11 ވަނަ ދުވަހުގެ ރެއިން ފެށީގެންނެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލްގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްއިން ވިދާޅުވީ، އެއްވެސް ސަބަބަކާއި ހުރެ މިހާތަނަށް މަސްދަޅުކޭސް ނުނުގާ ގޭބިސީތަކަށް މިހާރު މަސްދަޅު ކޭސް ދޫކުރާނީ، މާލޭގައި ހުންނަ މިފްކޯގެ މަސްފިހާރައިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް