ހުޅުމާލޭގައި ޕިކަޕެއް ގައިމައްޗަށް ވެއްޓި ދިވެއްސަކު މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ މައި އިދާރާ ---
ހުޅުމާލޭގައި އިއްޔެ ހިނގި ހާދިސާއެއްގައި މީހެއްގެ ގައިމައްޗަށް ޕިކަޕެއް ވެއްޓި އެމީހާ މަރުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާ މަރުވެފައި ވަނީ، ޕިކަޕުގެ މަސައްކަތެއް ކުރަމުން ދިޔަ ވަގުތުގައި އެމީހާގެ ގައިމައްޗަށް ޕިކަޕްވެއްޓި ހިނގި ހާދިސާއެއްގައި ކަމަށެވެ. އަދި އެހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހެނދުނު 11:05 ހާއިރުގައި ކަމަށާއި، ހާދިސާ ފުލުހުން ތަޙްޤީޤު ކުރަމުން ދާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
މިހާދިސާ ހިނގީވެސް ހުޅުމާލެ ސަހަރާ ކައިރީގައެވެ.
މިހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެއްސެކެވެ. އޭނާގެ ޖަނާޒާ ބާއްވާފައި ވަނީ ރޭގެ ޢިޝާނަމާދަށް ފަހުގައި ހުޅުމާލޭ ސަހަރާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް