އިހަވަންދޫގައި އަލަށް އިމާރާތް ކުރި މިސްކިތް ހުޅުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިހަވަންދޫގައި އިއްޔެ ހުޅުވި މިސްކިތް ---
އަމިއްލަ ފަރާތަކުން، ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.
އިއްޔެ މި މިސްކިތް ހުޅުއްވައި ދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މިސްކިތް ހުޅުއްވައި ދެއްވުމަށްފަހުގައި އެމަނިކުފާނު ވަނީ އެމިސްކިތުގައި އިމާމުވެ މަޣްެިބު ނަމާދު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި އިއްޔެ އިހަވަންދޫގައި ހުޅުވި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ކުރިން 8 މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ހުޅުވާފައި ކަމުގައިވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް