ރާއްޖެ

ވައި ވަރަށް ނުސާފު، ސަމާލުވާން އިލްތިމާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވައި ވަރަށް ނުސާފު، ސަމާލުވާން އިލްތިމާސްކޮށްފި

މާލެ ސަރަހައްދު --- ފޮޓޯ: ރައްޔިތުންގެ ނޫސް

ކުރިޔަށް އޮތް 4 ދުވަހުވެސް ރާއްޖެއަށް ވައި ނުސާފުވާނެ ކަމުފައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެއަށް ވައިނު ސާފުވުމުގެ މައްސަލަ މިހާރު ބޮޑުވެފައި ވަނީ އިރު އުތުރުން ވައިޖެހޭތީކަމަށެވެ. ދުންފުހުގެ އަސަރު ބޮޑުވުމުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ދުރުިފެންނަ ނިސްބަތް 3 ކިލޯމީޓަރަށް ދަށްވެފައިވާ ކަމުގައިވެސް އެއިދާރާއިން ހާމަކުރައްވައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުންނާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން ވައިނުސާފުވުމުގެ މައްސަލަ އާއި ގުޅިގެ ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިންވެސް ވަނީ، ވައިނުސާފުވުމާއި ގުޅިގެން އާއްމުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް