ރައްޔިތުންގެ ނޫސް

ރައްޔިތުންގެ ނޫސް

ސާޅީސް އެއް މީޑިއާއަކަށް ފައިސާދޭން ނިންމައިފި

ސާޅީސް އެއް މީޑިއާއަކަށް ފައިސާދޭން ނިންމައިފި

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މީޑިއާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދި 57 މީޑިއާ އަކުން ކުރިމަތި ލިއެވެ. އޭގެ ތެރެއިން މާލީ އެހީ ދިނުމުގެ ޝަރުޠުތައް ފުރިހަމަވާކަމަށް ކޮމިޝަނުން ނިންމާފައި ވަނީ 41 މީޑިއާއެކެވެ.

އިތުރަށް ކިޔާ
ސަރުކާރުން ބޭނުންވާ ވަރަށް ވުރެ ބުރިޖުގެ މަސައްކަތް ކުރިޔަށްދާލެއް ލަސް - މިނިސްޓަރ

ސަރުކާރުން ބޭނުންވާ ވަރަށް ވުރެ ބުރިޖުގެ މަސައްކަތް ކުރިޔަށްދާލެއް ލަސް - މިނިސްޓަރ

މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، މިހާރު މަސައްކަތް ކުރިޔަށްދާ ގޮތަށް ބަލާއިރު، ކުރިން ކަނޑައަޅާފައި އޮތް ތާރީޚުތަކަށް މަސައްކަތްތައް ނިންމަން ދަތިވާނެ ކަމަށެވެ. އެހެންވެ އެމަސައްކަތް އަވަސް ކުރުމަށްޓަކައި އިންޑިއާ ސަރުކާރާއި، އަދި ބުރިޖު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏާއި އެކު މަޝްވަރާކޮށް، މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ މުއްޠަލިބު އިތުރަށް ވިދާޅުވީ، އެމަސައްކަތް ލަސްވެފައިވާ ސަބަބުތަކުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކުރިން ދީފައިވާ މުއްދަތަށް 30 މަސް ދުވަސް އިތުރުކޮށްދީފައިވާއިރު އެމުއްދަތުގެ ތެރޭގައި އެކުންފުންޏަށް އިތުރަށް ފައިސާ ނުލިބޭގޮތަށް ހަމަޖައްސާފައި އޮތުމުން ކުންފުނީގެ ކޭޝްފްލޯ ދަތިވާކަމުގައި އެކުންފުނިން ފާހަގަކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާ
ދިގުވާހަކަ: ހިތާމައިގެ ރާނީ (2)

ދިގުވާހަކަ: ހިތާމައިގެ ރާނީ (2)

ދޮންއައިސަ ދެބުމަގޮށްޖަހާލިއެވެ. މަންމަ ދަލޭކާގެ ލިބާހުގެ ފަސްބައިގައި ހިފައިގެން ހުރި ތަނުން ދޫކޮށްލިއެވެ. އަދި އެއްގަމަށް ޖެހިލައި ދެފަސް ބެދޭ ހިސާބު ފަސްގަނޑުމަތީގައި ވެއްޓިފައި އޮތް ރުކުގެ ކަނދު ބުޑު މަތީގައި އިށީނެވެ. ރާޅު ޖަހާފަށުގައި އިށީނދެ ހައްވަ އާއި ދަލޭކަ ދައިތަ ތެލިތައް ދޮންނަށް ފެށިއެވެ. ބޯށިގަހުގެ ނިވަލުން ނުކުމެ މޫސަ މަޑުމަޑުން ހިނގައިގަތީ، ދޮން އައިސަ އިށީނދެ އިން ރުކާއި ދިމާއަށެވެ. ދޮންއައިސަގެ ފުރަގަހުން އައިސް މޫސަ މަޑުކޮށްލި އިރު ދޮންއައިސައަކަށް އެކަމެއް ނޭނގެއެވެ. ދޮން އައިސަ އިނީ ހިމަ މަގޫ ދަނޑިކޮޅަކުން ފަސްގަނޑުގައި ރޮނގުތަކެއް އަޅާށެވެ.

އިތުރަށް ކިޔާ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަން ބަދަލުކުރައްވައިފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަން ބަދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް ބަދަލުކުރައްވާފައި ވަނީ މިއަދުއެވެ.

އިތުރަށް ކިޔާ
ކުރިއަށް އޮތް 2 އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ: ރައީސް

ކުރިއަށް އޮތް 2 އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ވަނީ ނިންމާފައި ކަމަށެވެ. މިގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު އިތުރު ފިޔަވަޅުތަކެއްވެސް ތަންފީޒު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާ
އެއްދުވަހު އެންމެ ގިނަ ބަޔަކު އެއާޕޯޓުގެ ޚިދުމަތްތައް ބޭނުންކޮށްގެން ވީއައިއޭއަށް އައު ރެކޯޑެއް

އެއްދުވަހު އެންމެ ގިނަ ބަޔަކު އެއާޕޯޓުގެ ޚިދުމަތްތައް ބޭނުންކޮށްގެން ވީއައިއޭއަށް އައު ރެކޯޑެއް

އެމްްއޭސީއެލްއިން ވިދާޅުވީ، މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހަކީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަހަށް ވެގެންދާނެ ކަމަށެވެ. މިގޮތުން މިއަދު ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 22،142 ފަސިންޖަރުންނަށް ހިދުމަތް ދޭއިރު، ޑޮމެސްޓިކް ޓާމިނަލުންވެސް މިއަދު ޖުމުލަ 4،843 ފަސިންޖަރުންނަށް ހިދުމަތް ދޭނެކަމުގައި އެކުންފުނިން ހާމަކުރައްވާފައި ވެއެވެ.

އިތުރަށް ކިޔާ
ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ގޮތުގައި އޮޅުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ހައްޔަރުކޮށްފި

ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ގޮތުގައި އޮޅުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ހައްޔަރުކޮށްފި

މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހު ކަމަށާއި އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 27 ވަނަ ދުވަހު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ދީފައިވާކަމަށެވެ.

އިތުރަށް ކިޔާ
ސްރީލަންކާ ހައިކޮމިޝަނުން މާފުށީގައި އައިކޭމްޕެއް ބާއްވައިފި

ސްރީލަންކާ ހައިކޮމިޝަނުން މާފުށީގައި އައިކޭމްޕެއް ބާއްވައިފި

ސްރީލަންކާ ހައިކޮމިޝަންއިން ހާމަކޮށްފައިވާ ގޮތުގައި، މި އައިކޭމްޕް ކުރިޔަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގައި ފާހަގަކުރާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާއިވެސް ގުޅުވައިގެން މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ. މިއައިކޭމްޕްގެ ތެރެއިން ސްރީލަންކާ ހައިކޮމިޝަނުން ވަނީ މާފުށީ ހެލްތު ސެންޓަރަށް ލޮލުގެ ފަރުވާއަށް ބޭނުންވާ ބައެއް ތަކެތިވެސް ހަދިޔާކޮށްފައެވެ.

އިތުރަށް ކިޔާ
ހޯރަފުށީ އެއާޕޯޓުގައި ހުރި މޯލްޑިވިއަންގެ އޮފީސް ފަޅާލައިފި

ހޯރަފުށީ އެއާޕޯޓުގައި ހުރި މޯލްޑިވިއަންގެ އޮފީސް ފަޅާލައިފި

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ އޮފީހުން ވައްކަންކޮށްފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2025 ޑިސެންބަރު 28 ވަނަ ދުވަހުގެ 03:58 އެހާކަންހާއިރުގައި ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ އޮފީހުން ވަގަށް ނަގާފައި ވަނި ކާގޯ ދެ ފޮށިގަނޑު ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންއެއްޗެއް ހުރި ފޮށިގަނޑުތަކެއް ކަމެއް އެނގިފައެއް ނުވެއެވެ.

އިތުރަށް ކިޔާ
މި އަހަރުގެ ތެރޭގައި 3ވަނަ ފަހަރަށް ރައީސް ސިންގަޕޫރަށް ވަޑައިގެންފި

މި އަހަރުގެ ތެރޭގައި 3ވަނަ ފަހަރަށް ރައީސް ސިންގަޕޫރަށް ވަޑައިގެންފި

ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު މިހާތަނަށް ވަނީ 6 ފަހަރަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އޭގެ ތެރެއިން 5 ދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅުތަކެވެ. މިއަހަރުވެސް އެމަނިކުފާނު ވަނީ، ތިންފަހަރު ސިންގަޕޫރަށް ވަޑައިގެންފައެވެ. މިދިޔަ އަހަރުވެސް 3 ފަހަރު އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. އެންމެ ފަހުން އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިއަހަރުގެ އޮގަސްޓުމަހުގެ ފުރަތަމަ ހަފްތާގައެވެ.

އިތުރަށް ކިޔާ
ހުޅުމާލެ ފޭސް 3 ގެ %75 ހިއްކައި ނިމިއްޖެ

ހުޅުމާލެ ފޭސް 3 ގެ %75 ހިއްކައި ނިމިއްޖެ

އެމަސައްކަތް ކުރަމުން އަންނަ ކުންފުނި އެމްއޭސީއެލް އިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު ވަނީ، ފޭސް ތިނަކަށް ބޭނުންވާ ބިމުގެތެރެއިން 47 ހެކްޓަރުގެ ބިން ހިއްކައި ނިމިފައެވެ. ފޭސް 3ގެ ގޮތުގައި ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖައްސާފައި ވެއެވެ.

އިތުރަށް ކިޔާ
ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މާދަމާ ބާއްވަނީ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މާދަމާ ބާއްވަނީ

އެމިނިސްޓްރީން ވިދާޅުވީ، )ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު( ގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އޮންނާނީ، 20 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ކަމަށެވެ. އަދި، ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލް ހޯލުގައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ބައެއް މީހުން ފައިސާ ދައްކައި ދިރިއުޅެން ފެށި ފަހުން ފްލެޓްތަކުގެ އެޑްވާންސް ޕޭމެންޓް ދެބައިކުޅަ އެއްބައި ކުޑަކޮށްދީފި

ބައެއް މީހުން ފައިސާ ދައްކައި ދިރިއުޅެން ފެށި ފަހުން ފްލެޓްތަކުގެ އެޑްވާންސް ޕޭމެންޓް ދެބައިކުޅަ އެއްބައި ކުޑަކޮށްދީފި

އެޑްވާންސް ޕޭމެންޓާއި މަހުކުލި ކުޑަކޮށްދެއްވާފައިވީ ނަމަވެސް، މެއިންޓަނަންސް ފީތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިގޮތުން 2 ކޮޓަރީގެ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައިމަހަކު 1000ރ ދައްކަން ޖެހޭއިރު، ތިންކޮޓަރީގެ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 1500ރ ދައްކަންޖެހޭނެއެވެ. މިއާއެކު ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދެކޮޓަރީގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން މަހަކު 7000ރ އަދި 3 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުން މަހަކު 10000ރ ދައްކަން ޖެހޭނެއެވެ.

އިތުރަށް ކިޔާ
ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުއްޔާއި އެޑްވާންސް ޕޭމެންޓް ކުޑަކޮށްދެއްވުމަށް ނިންމަވައިފި

ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުއްޔާއި އެޑްވާންސް ޕޭމެންޓް ކުޑަކޮށްދެއްވުމަށް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފްލެޓްތަކުގެ އެޑްވާންސްޕޭމެންޓާއި، އަދި ކުއްޔަށް ލުއި ދިނުމާއި ގުޅޭ ގޮތުން އެފްޑީސީ އާއިއެކު މަޝަވްރާކުރައްވާފައިވާ ކަމަށެވެ. މިގޮތުން، މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10500 ރުފިޔާ، 10000 ރުފިޔާއަށް ކުޑަކޮށްދެއްވާ، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25000 ރުފިޔާ، 8000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދޭނެކަމުގައި ރައީސް ވިދާޅުވެއްޖެ

ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދޭނެކަމުގައި ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަމާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކާއި އަދި ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ކުށްކުރުން ހުއްޓުވުމަށް ކަމާއި ގުޅޭ ފަރާތްތަކާއި އެކު މަސައްކަތްކޮށް އެކަންކަމަށް ޙައްލެއް ގެނައުމަށް މަސައްކަތްތައް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

އިތުރަށް ކިޔާ
ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން 5 ޖަމްއިއްޔާއަކުން ގޮވާލައިފި

ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން 5 ޖަމްއިއްޔާއަކުން ގޮވާލައިފި

މި ނޫސްބަޔާނުގައި ބުނީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީ ކަމަށް ބުނެ އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންގެވި އެންގެވުމަކީ ގާނޫނުން ލިބިދޭ ހައްގުތަކާއި އިންސާނީ ހައްގުތައް ނިގުޅައި ގަނެވޭ، ވަކި ބަޔަކު ފާހަގަކޮށް ތަފާތުކުރެވޭ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާ
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ، ގުޅީފަޅުކައިރިން ކަނޑުމަތިން ކަމަށާއި، އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ، މިއަދުގެ 13:21 ހާއިރުގައިކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އިތުރަށް ކިޔާ
ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓުތަކެއް އަތުލައިގެންފި

ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓުތަކެއް އަތުލައިގެންފި

އެމްއެންޑީއެފުން ވިދާޅުވީ، މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޑިސެންބަރު 17ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.

އިތުރަށް ކިޔާ
މަޤުބޫލުވަމުން އަންނަ ކުނަފާ ޗޮކްލެޓުގެ މާކެޓަށް އަސަރުކުރާނެ އިންޒާރެއް އިނގިރޭސި ވިލާތުގައި ނެރެފި

މަޤުބޫލުވަމުން އަންނަ ކުނަފާ ޗޮކްލެޓުގެ މާކެޓަށް އަސަރުކުރާނެ އިންޒާރެއް އިނގިރޭސި ވިލާތުގައި ނެރެފި

އިނގިރޭސިވިލާތުގެ ފުޑް ސްޓޭންޑަޑްސް އެޖެންސީ )އެފްއެސްއޭ( އިން ނެރުނު ބަޔާނެއްގައި ވަނީ، މިހާރު، އިނގިރޭސި ވިލާތުގެ މާކެޓްތަކުގައި ވިއްކަމުން އަންނަ، ކުނަފާ ސްޓައިލްގެ ބައެއް ޗޮކްލެޓަކީ، އެކި ބާވަތްތަކުގެ އެލާޖީތައް ހުންނަ މީހުންނަށް ރަނގަޅު އެއްޗެއް ނޫންކަމުގައި ބުނެފައެވެ. އެފަދަ ޗޮކްލެޓަކީ، ޕިސްޓާޗިއޯ، ތަހީނީ އަދި ކުނަފާ އަޅައިގެން އުފައްދާފައި ހުންނަ އެއްޗިއްސަށް ވާއިރު، އިނގިރޭސި ވިލާތުގެ މާކެޓްތަކުން ޓެސްޓްކުރި ބައެއް ތަކެތީގައި، ޕީނަޓާއި، ސެމަމީފަދަ ތަކެތި ހިމަނާފައިވާ ކަމަށެވެ. އަދި އެތަކެތީގެ ލޭބަލްގައި އެ އުފެއްދުމުގައި އެބާވަތްތައް ހިމެނޭކަން ބަޔާންކޮށްފައި ނުވާކަންވެސް އިނގިރޭސި އެފްއެސްއޭއިން ހާމަކޮށްފައިވެއެވެ.

އިތުރަށް ކިޔާ
ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވުން މިރޭ

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވުން މިރޭ

ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވުން އޮންނާނީ މިރޭގެ 20:30ގައި ޞަލާޙުއްދީން ސްކޫލުގައެވެ. މިސިލް ސިލާގެ ތެރެއިން ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގެ ރައްޔިތުން ފިޔަވައި މާލޭގެ އެހެން އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ބައްދަލު ކުރައްވާފައެވެ.

އިތުރަށް ކިޔާ