ރާއްޖެ

މަސްޖިދު ޔޫސުފުލް ބަރްބަރީ ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްޖިދު ޔޫސުފުލް ބަރްބަރީ ހުޅުވައިފި

މަސްޖިދު ޔޫސުފުލް ބަރްބަރީ --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން، އަމިއްލަ ފަރާތަކާއި ޙަވާލުކުރައްވައިގެން ޒަމާނީ ފެންވަރަށް އަލުން ޢިމާރާތް ކުރެއްވި މަސްޖިދުލް ޔޫސުފުލް ބަރްބަރީ ހުޅުއްވައިފިއެވެ.

މިއަދުގެ ޢަސްރު ނަމާދު ވަގުތުގައި މި މިސްކިތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިމިސްކިތަކީ، 3 ބުރިއަށް އިމާރާތް ކޮށްފައިވާ އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.

ބަރުބަރީ މިސްކިތް އަލުން ތަރައްޤީކޮށްފައިވަނީ އަލިސާފު ކުންފުނީގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި މިސްކިތް ބިނާކުރުމަށް އެ ކުންފުޏާއި ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އިސްލާމީ ދާއިރާއިން 90 އަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސް ކުރިޔަށް އެބަދާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް