މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހިރާއްޖެއަށް މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ހަނދާއި ބެހޭ ބަޔާން އިއްވަވައި ދެއްވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
ހަނދާއި ބެހޭ ބަޔާނުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި ރަމަޟާން މަހާޢި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ކަނޑައާޅާފައިވާ އުސޫލުތަކުގެ މަތިން، މާދަމާ، (2026 ފެބުރުއަރީ 18ވާ ބުދަ ދުވަސް) 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 1 ދުވަސް ކަމުގައި ކަނޑައަޅާފައި ވަނީ، ރާއްޖެއަށާއި އިސްލާމީ ބޮޑެތި ޤައުމުތަކަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ހަނދު ފެނިފައިވާކަން ކަށަވަރު ވާތީ އާއި، ބޮޑެތި އިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފައިވާތީ ކަމަށެވެ.
މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައެޅުމާއި އެކު އެމްއެންޑީއެފުން ވަނީ ބަޑިޖެހުމުގެ ހަރަކާތްވެސް ކުރިޔަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް