ވިކުރާ

ޖަރާސީމު ފެނުނު ހޭންޑީވޯޓަރގެ ފެންފުޅިތައް ނަގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޖަރާސީމު ފެނުނު ހޭންޑީވޯޓަރގެ ފެންފުޅިތައް ނަގައިފި

ފެނުގައި ހުރެގެން ނުވާނެ ޖަރާސީމުގެ އަސަރު ފެނިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިއްކުން މަނާކުރި، ފެންފުޅިތައް މާކެޓުން ނަގާފައިވާ ކަމުގައި، އެފެން އުފައްދާ ހޭންޑީ އިންޑަސްޓްރީޒްއިން ބުނެފިއެވެ.

ހޭންޑީއިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ޖަރާސީމުގެ އަސަރު ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) ގެ ޓެސްޓުތަކުން ދެއްކި ބެޗުގެ ފެންފުޅިތައް މިހާރު ވަނީ މާކެޓުން ނަގައި އަނބުރާ ގެނެސްފައި ކަމަށެވެ. އަދި އެމައްސަލަ ދިމާވި ސަބަބު ބަލައި ދެނެގަނެ، އެފަދަ މައްސަލައެއް އިތުރަށް ތަކުރާރު ނުވާނޭ ގޮތަށް ފިޔަވަޅު އަޅާފައިވާ ކަމުގައިވެސް ހޭންޑީން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭ އިން ޓެސްޓުކޮށް، ބެލިއިރު ހޭންޑީ ވޯޓާގެ ML 330 ގެ 007 ބެޗު، 006 ބެޗު، 500 ML ގެ 0026 ބެޗު، 1،000 ML ގެ 009 ބެޗު، 0011 ބެޗުގެ ފެންފުޅިތަކުގައި، ފެނުގައި ހުރެގެން ނުވާނެ ޖަރާސީމެއްގެ އަސަރު ހުއްޓައި ވަނީ ފެނިފައެވެ. އެހެންވެ އެފެން ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް