ވިކުރާ

ދެމަސް ދުވަހަށް ފަހުގައި ނޯތު ހާބަރު އަލުން ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެމަސް ދުވަހަށް ފަހުގައި ނޯތު ހާބަރު އަލުން ހުޅުވައިފި

މާލޭގެ އުތުރު ބަނދަރުގެ ސަރަހައްދު --- ފޮޓޯ: އެމްޓީސީސީ

ބޮޑު ތަކުރުފާނު މަގު ހެދުމުގެ މަސައްކަތާއި ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، ބަންދުކޮށްފައި އޮތް މާލޭ ނޯތު ހާބަރ، އުޅަނދު ފަހަރަށް ރެއިން ފެށިގެން ހުޅުވާލައިފިއެވެ.

އެބަނދަރު ބަލަހައްޓަމުން އަންނަ، އެމްޕީއެލްއިން ވިދާޅުވީ، މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް ނޯތު ހާބަރު ހުޅުވާލާފައި ވަނީ، ރޭގެ 23:00 އިން ފެށިގެން ކަމަށެވެ.

އުތުރު ބަނދަރު ހިމެނޭ ސަރަހައްދުން، ބޮޑު ތަކުރުފާނު މަގު ހެދުމަށްޓަކައި، އެސަރަހައްދާއި ނޯތު ހާބަރު ބަންދުކުރީ ހުސްވި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.

މަގުގެ މަސައްކަތް ނިންމައި މިމަހުގެ 14 ވަނަ ދުވަހު ވަނީ، އާއްމު ޓްރެފިކަށް ހުޅުވާލާފައެވެ.

މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ގެނައި ބަދަލުތަކާއި އެކު، ކަނޑު އުޅަނދުފަހަރަށް ނޯތު ހާބަރުގައި ލިބޭ ޖާގަ ކުޑަވި ނަމަވެސް، އެއްގަމު ދަތުރުފަތުރު ކުރުމަށާއި މުދާ އަރުވާ ބޭެލުމަށް ވަނީ ފަސޭހަތައް ލިބިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް