ރާއްޖެ

ހަދިޔާ މަސްދަޅުކޭސް ބެހުން ހުއްޓައެއް ނުލާ! ނުނަގާނަމަ އަދިވެސް ނެގޭނެ!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަދިޔާ މަސްދަޅުކޭސް ބެހުން ހުއްޓައެއް ނުލާ! ނުނަގާނަމަ އަދިވެސް ނެގޭނެ!

ސަރުކާރުން ދެއްވާ ރޯދަ ހަދިޔާގެ މަސްދަޅުކޭސް، މާލޭ ސަރަހައްދުގައި އެކިސަބަބުތަކާހުރެ ނުލިބިވާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ހުއްޓާ ނުލާ ކަމުގައި ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، މިއަދާިއ އަދި ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހަދިޔާ މަސްދަޅު ކޭސް އެމިނިސްޓްރީގެ ފެންޑާއިންވެސް ދޫކުރަމުންދާނެ ކަމަށެވެ. އެމްސީއެލްޕީގެ ޕަބްލިކްވަރކްސް ފެންޑާއިންނާއި ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރައިން މަސްދަޅު ކޭސް ދޫކުރަމުންދާނީ، ރޭގަނޑު 9:00 އިން 11:00އަށް ކަަމުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މާލޭގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީން މިމަހުގެ 11 ވަނަ ދުވަހާއި ހަމައިން ނިންމާލި އިރު، 53،308 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް