ސީޕީ ނަވީން ރިޓަޔާ ކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ސީޕީ އިސްމާޢީލް ނަވީން -- ފޮޓޯ: ޕޮލިސް
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، މިއަދު ރިޓަޔާ ކުރައްވައިފިއެވެ.
ވަޒީފާއިން ރިޓަޔާ ކުރެއްވިކަން އެމަނިކުފާނު މިއަދު ވަނީ، ފޭސްބުކްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައެވެ.
ނަވީން ވިދާޅުވީ، ފުލުހުންގެ މުއައްސަސާގައި 32 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހު، މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު، މަޤާމުން ރިޓަޔާކުރައްވާފައިވާ ކަމަށެވެ. އަދި ޚިދުމަތުން ރިޓަޔާއި ކުރެއްވީ، އެޚިދުމަތާއި ގުޅިވަޑަިއގެންނެވި ފުރަތަމަ ދުވަހެކޭ އެއްފަދައި ޝަރަފްވެރިކަމާއި ފަޚުރުވެރިކަމާއި އެކުގައި ކަމަށްވެސް ނަވީން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށް ނަވީން ހުށައަޅުއްވާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުގައެވެ. އެމަނިކުފާނު ރިޓަޔާކުރެއްވުމަށް ހުށައެޅުއްވީ، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމަށް ބައެއް ފަރާތްތަކުން ވާހަކަތައް ފެތުރި ނަމަވެސް، ނަވީން ވިދާޅުވެފައި ވަނީ ޚިދުމަތުން ރިޓަޔާކުރެއްވުމަށް ވިސްނުންފުޅު ގެންގުޅުއްވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމާއި، އިސްމާއީލް ނަވީން ހަވާލުވެވަޑައިގެންނެވީ ހުސްވި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ވަޑައިގެންނެވީ، އޭގެ ކުރިން އެމަޤާމުގައި ހުންނެވި ޢަލީ ޝުޖާޢުވެސް ކުއްލި ގޮތަކަށް ރިޓަޔަރ ކުރެއްވުމަށް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް