ރާއްޖެ

ކުޅުދުއްފުށީގައި އައިނު ފިހާރަ ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުޅުދުއްފުށީގައި އައިނު ފިހާރަ ހުޅުވައިފި

ކުޅުދުއްފުށީ އައިނު ފިހާރަ ހުޅުވުން -- ފޮޓޯ: އެމްސީޖީއެޗް

އާސަންދަ ސްކީމްގެ ދަށުން އައިނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސްގެ ހަތަރުވަނަ ފިހާރަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެއައިނު ފިހާރަ ހުޅުއްވައިދެއްވީ، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމްއެވެ.

އެމް.ސީ.ޖީ.އެޗްގެ ފަރާތުން ކުޅުދުއްފުށީގައި މި ޚިދުމަތް ތަޢާރަފުކުރުމަކީ، އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އެ ބޭފުޅުން ދިރިއުޅޭ ސަރަޙައްދާ ގާތުން މި ޚިދުމަތް ހޯދުމަށް މަގުފަހިވެގެންދާނެ ކަމުގައި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ޚިދުމަތްތައް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށާއި ދުރުވިސްނުންފުޅަށް ޝުކުރު އަދާކުރާ ކަމުގައިވެސް މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް