ވިކުރާ

ހޭންޑީ ވޯޓާގެ ބިއްލޫރިފުޅީގައި ވިއްކާފެން ވިއްކުން މަނާކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޭންޑީ ވޯޓާގެ ބިއްލޫރިފުޅީގައި ވިއްކާފެން ވިއްކުން މަނާކޮށްފި

ހޭންޑީ ވޯޓަރ ގެ ބިއްލޫރި ފެންފުޅިތަކެއް --- ފޮޓޯ: ހޭންޑީ ވޯޓަރ

ރާއްޖޭގައި ބޯފެން އުފައްދައި ވިއްކަމުން އަންނަ ކުންފުނި، ހޭންޑީގެ ބިއްލޫރިފުޅީގައި ބަންދުކޮށްފައިވާ ފެން ވިއްކުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

އެފެން ވިއްކުން މަނާކޮށް މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ 330 އެމްއެލް، 500 އެމްއެލް އަދި އެއް ލީޓަރުގެ ބިއްލޫރި ފެންފުޅިތަކުން، ފެނުގައި ހުރެގެން ނުވާނެ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެފެނަކީ، ދުނިޔޭގެ ސިއްޙަތުޖަމިއްޔާއިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫންކަމުގައިވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ވަނީ އެއޮތޯރިޓީން ވަކިގޮތެއް އަންގަންދެން ހޭންޑީ ވޯޓަރގެ ބިއްލޫރިފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރުމަށް އަންގާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް