ރާއްޖެ

ބަނގުލަދޭޝްގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބަނގުލަދޭޝްގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާއަށް ބަނގުލަދޭޝް އިން މަރުޙަބާ ދެންނެވުން ---

ބަނގުލަދޭޝްގެ އައު ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އެޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މިދަތުރުފުޅަކީ، ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ބަނގުލަދޭޝްގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު އެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާނާއިވެސް ބައްދަލު ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ބަނގުލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް