ރާއްޖެ

ހިޔާ ޓަވަރުގެ ލިފްޓު އޭރިޔާ ކުނިން ފުރިފައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިޔާ ޓަވަރުގެ ލިފްޓު އޭރިޔާ ކުނިން ފުރިފައި

ހިޔާގެ 8 ވަނަ ޓަވަރުގެ ލިފްޓް އޭރިއާގައި ޖަމާކޮށްފައި ހުރި ކުނިތައް --- ފޮޓޯ: މުޙައްމަދު ޝާން ޢަބްދުﷲ

ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާގެ 5 ވަނަ ޓަވަރުގެ ލިފްޓް އޭރިއާ އަނެއްކާވެސް ކުނިން ފުރާލައިފިއެވެ.

ރޯދަމަހާއި ދިމާކޮށް އެޕާޓްމަންޓްތައް ސާފުކޮށް އަދި ބައު ފަރުނީޗަރުތައް އުކާލުމަށް، 5 ވަނަ ޓަވަރުގެ ލިފްޓް އޭރިއާއަށް ޖަމާކޮށްފައި ހުރުމުން އެކަމުގެ ޝަކުވާ އެތަނުގައި ދިރިއުޅޭ ބައެއް މީހުންވެސް ވަނީ ކޮށްފައެވެ. މިގޮތުން އެޗްޑީސީން އެތަން ސާފުކޮށް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް އާއްމުން ވަނީ ތުހުމަތުކޮށްފައެވެ.

އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް މީހަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ޖަވާބުދީ، އެޗްޑީސީގެ މުވައްޒަފެއް ކަމުގައިވާ މަލްޝާ ޝަރީފް ބުނެފައި ވަނީ، ހިޔާގެ ފުރަތަމަ އަށްޓަވަރުގައި ޖަމާކޮށްފައި ހުރި ކުރި، އެޗްޑީސީން ނަގައި އުކާލީ މީގެ ދެދުވަސް ކުރިން ކަމަށެވެ.

ގޭގެއިން އުކާލަން ނެރޭ ކުނި އުކައި ދިނުމުގެ ޚިދުމަތް ވެމްކޯއަށް އެކަށީގެންވާ ގޮތެއްގައި ނުދެވޭކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު، ޓަވަރުތަކުންނާއި މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ރޯދައިގެ ކުރިންފެށިގެންވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް