ރައީސް މައުމޫނު ވިދާޅުވީ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް --
ފަލަކީ ހިސާބުތަކަށް ބުރަވާއިރު، މާދަމާ ވާނީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަކީ، ރާއްޖޭގައި ތިއްބެވި ފަލަކީ، ޢިލްމުގެ ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ޝައްވާލު މަހާއި ގުޅިގެން ހަނދު ސާބިތު ކުރުމާއި ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދަވައެވެ.
ރަމަޟާން މަހުގެ ހަނދާއި ބެހޭ ގޮތުން ރައީސް މައުމޫނު ވިދާޅުވާ ބަސްފުޅަަކަށް ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރެއެވެ.
ފަލަކީ، ޢިލްމަށް ބުރަވެ ވަޑައިގެން މާދަމާ، 18 ފެބުރުއަރީ 2026ވާ ބުދަ ދުވަހަކީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނޭޭ ކަމަށް ރައީސް މައުމޫނު ވިދާޅުވި ނަމަވެސް، ހަނދު ސާބިތު ކުރުމުގައި ރަސްމީކޮށް ޢަމަލުކުރާނީ، އިސްލާމިކް މިނިސްޓްރީގެ ހަނދާއި ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ފަހު ނިންމަވާ ނިންމެވުމުގެ މައްޗަށެވެ.
މިއަދަކީ 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަސް ކަމުގައި ވުމާއި އެކު، މިއަދު ހަވީރު 5:00 އިން ފެށިގެން ހަނދު ސާބިތުކުރުމަށް ހެކިބަސް އަދާކުރުމަށް ކޯޓުތައް ހުޅުވާފައި ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް