ވިކުރާ

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުވައިފި

ހުޅުމާލޭގައި ހުޅުވި އެސްޓީއޯގެ ފިހާރަ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ރޭ ހުޅުމާލެ ފޭސް 1ގައި އެސްޓީއޯ ޕީޕަލް ޗޮއިސްގެ ފިހާރައެއް ހުޅުވައިފިއެވެ.

މިފިހާރަ ހުޅުވާފައި ވަނީ، ހުޅުމާލެ ފޭސް 1ގެ ރީތި ގަސް މަގުގައި ހުންނަ، ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައެވެ.

ރޭ ފިހާރަ ހުޅުވި ނަމަވެސް މިއަދު މެންދުރު ގިނަ ބަޔަކު އެފިހާރައަށް ދިޔައިރު ފިހާރަ ބަންދުކޮށްފައި ހުރުމުން އެކަމުގެ ކަންބޮޑުވުންތައް އާއްމުން ވަނީ ފާޅުކޮށްފައެވެ. އޭގެ މައިގަނޑު ސަބަބަކަށްވީ ފިހާރަ ހުޅުވާފައި ހުންނަ ގަޑިތައް އާއްމުކޮށްފައި ނެތުމެވެ.

އެސްޓީއޯއިން ބުނީ، އެސްޓީއޯއިން ވިއްކާ ހުރިހާ ބާވަތެއްގެ މުދަލާއި އަދި އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ މުދަލުގެ 23 ބާވަތްވެސް ދަތިނުވެ ހުޅުމާލެ 1 ގައި ހުންނަ ފިހާރައިންވެސް ލިބޭނެ ކަމަށެވެ.

އެސްޓީއޯގެ އައުޓްލެޓްތައް ހުޅުމާލޭގައި އަންނަނީ އިތުރު ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގައި މީގެ ކުރިން އެސްޓީއޯއިން ސްމާޓްޝޮޕެއްވެސް ހުޅުވިއެވެ. އެހެންނަމަވެސް ފަހުން އެތަން ބަންދުކޮށް މިހާރު އެތަނުގައި ހިންގަމުން އަންނަނީ، އެސްޓީއޯ ސެންޓްރަލް ފާރމަސީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް