catogory banner
Category

ވާހަކަ

ދިގު ވާހަކަ: ހިތާމައިގެ ރާނީ- 14

ދިގު ވާހަކަ: ހިތާމައިގެ ރާނީ- 14

ފަޅުވެ ހިމޭން ވެފައިވާ ގޯތީގެ ތެރެއަށް އާތިފާ ބަލާލިއެވެ. ކޮންމެ އެއްޗަކާއި ކޮންމެ މަންޒަރެއް ބުނެދެނީ ހިތާމައިގެ ވާހަކަތަކެވެ. ވީރާނާ ކަމުގެ އަސަރުތަކެވެ. އުއްމީދެއްގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.

އިތުރަށް ކިޔާ
ދިގުވާހަކަ: ހިތާމައިގެ ރާނީ -13

ދިގުވާހަކަ: ހިތާމައިގެ ރާނީ -13

އާޝިޔާ ރޮމުން ދުއްވައިގަތީ ގެއާ ދިމާއަށެވެ. އިމާދު އެކުއްޖާގެ އަތުގައި ހިފެހެއްޓޭތޯ ބެލިއެވެ. އެކަމަކު އަތްފޮޅުވާލާފައި އާޝިޔާ އަޑުގައި ހުރިބާރަކަށް ރޮމުން ދުވަމުން ދިޔައިރު، މުޅި ފަޒާ ގުގުމަމުން ދިޔައީ ހިތާމައިގެ އެރުއިމުގެ އަޑުންނެވެ. ގޭގޭގެ ތެރޭގައި ތިބި މީހުން މަގުމައްޗަށް ނުކުންނަން ފެށީ އެއަޑަށެވެ.

އިތުރަށް ކިޔާ
ދިގުވާހަކަ: ހިތާމައިގެ ރާނީ -12

ދިގުވާހަކަ: ހިތާމައިގެ ރާނީ -12

އިމާދުގެ އަތުގައި ހިފައިގެން އާޝިޔާ ކުރިޔަށް ހިނގަމުން ދިޔައީ، ގެއާ ދުރަށެވެ. އުފަލުން ހުރެއެވެ. އަލަށް ލިބުނު ރަޙްމަތްތެރީންނަކީ އޭނާގެ މުސްތަޤުބަލުގެ މައިންބަފައިންކަމެއް އެކުޑަކުއްޖާއަކަށް އޭރު އިޙްސާސެއް ނުވެއެވެ. އޭނާގެ ޅަސިކުނޑިއަށް ދުނިޔޭގެ މަންޒަރުތަކެއް ރަނގަޅަކަށް ސިފައެއް ނުވެއެވެ. އަދި އެއީ ކުޑަކުއްޖެކެވެ. ގޮނޑިކޮއްކޮ ހިފައިގެން ބުދުކުޅޭ އުމުރުގެ ކުއްޖެކެވެ. ވީމާ އޭނާއަށް ދުނިޔެއަށް ޖެހޭ ވަޔާއި އޮޔާއި ބަދަލުވަމުން އަންނަ ކުލަތައް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟

އިތުރަށް ކިޔާ
ދިގުވާހަކަ: ހިތާމައިގެ ރާނީ -11

ދިގުވާހަކަ: ހިތާމައިގެ ރާނީ -11

"ކަމަނާ ތުނޑިއަށް ބޮޑު ކިނބުލެއް އަރާފައި އޮއްވައި ހިފައިފިޔޯ! މާމާ ހިނގާބަލަ އޭތި ބަލާލަންދާން." އެއް ނޭވާއިން އާޝިޔާ ހުރިހާ ވާހަކައެއް ބުނެލިއިރު، އެތަނުގައި ތިބި އާތިފާ އާއި އިމާދުގެ މައްޗަކުން އޭނާ ހަނދާންނެތް ކަހަލައެވެ. ލިބުނު ޚަބަރުގެ ބޮޑުކަމުން އާތިފާ އާއި އިމާދާއި މެދު އޮތް ބީރައްޓެހިކަން އޭނާގެ ހިތުން ފިލީއެވެ.

އިތުރަށް ކިޔާ
ދިގު ވާހަކަ: ހިތާމައިގެ ރާނީ -10

ދިގު ވާހަކަ: ހިތާމައިގެ ރާނީ -10

އެއްޗެއް ނުބުނެ އާޝިޔާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. އެމަންޒަރު ބަލަން އާތިފާހުރީ ހިނިތުންވެފައެވެ. އޭނާ އަދި އާޝިޔާ ވާހަކަދައްކާއަޑެއް ނާހައެވެ. މާމަގެ ކޮންމެ އިރުޝާދަކަށް ޗާބީދީފައި ހުރި ބުދެއްހެން އާޝިޔާ ހަރަކާތް ކުރާތީ އާތިފާ ކުޑަކޮށް ހައިރާންވެސް ވިއެވެ.

އިތުރަށް ކިޔާ
ދިގު ވާހަކަ: ހިތާމައިގެ ރާނީ (9)

ދިގު ވާހަކަ: ހިތާމައިގެ ރާނީ (9)

މެންދުރު ފަސްވުމާއި ހަމައަށް ހިމޭން ވެފައިއޮތް ދުނިޔެ ހޭލައިފިއެވެ. އުތުރުފަރާތުން ޖެހެމުން ދިޔަ މަޑުވައިރޯޅު ހުޅަނގަށް ޖެހިބާރުވެއްޖެއެވެ. ބުރުނު ކޮޅިގަނޑުގެ އަސަރު ފެންނާން ފަށައިއެވެ. ހުޅަނގު ފަރާތު އުދަރެހުގައި އަނދުންކޫރެއްވަރަށް ދަމާލި ކަޅު ވިލާރޮދި ފުޅާވަމުން ބޮޑުވަމުންގޮސް މުޅި އުދަރެސް ބައްދާލައިފިއެވެ. ދުނިޔެ އަނދިރިކޮށްލައިފިއެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ރޯދަޔަށް ފަހު

ކުރުވާހަކަ: ރޯދަޔަށް ފަހު

އަހަރުގެ އެގާރަމަސް ހަފީޒާ ހޭދަކުރާނީ ގިނަ ފަހަރަށް އެކަނިވެރިކަމުގައެވެ. ސްކޫލުތައް ރޯދައަށް ބަންދުވާތީއާއި އަހަރަކު ޗުއްޓީ ލިބެނީ އެންމެ މަހެއްހާ ދުވަހުގައި ކަމަށްވާތީ ހުރިހާ ކުދިން އެކުގައި އަބަދުވެސް ރޯދައަށް ރަށަށް އާދެއެވެ. ހަފީޒާގެ އެބޮޑުގެއަށް ދިރުން އަންނަ މަހަކީއެއީއެވެ، ހަފީޒާގެ ހަޔާތުގެ ބަހާރު މޫސުމަކީ އެއީއެވެ. ރޯދައަށް ފަހު ދެން ހަފީޒާ ގުނަންޖެހޭނީ އަނެއްކާވެސް އެކަނިވެރި ހިތާމަވެރި ދުވަސްތަކެވެ. އެކަމަކު އެކަމުގައި އޭނާގެ ޝަކުވާއެއް ނެތެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ސަބަބު

ކުރުވާހަކަ: ސަބަބު

ވަރިވުމަށްފަހު ނާޒް ޝާފިއުގެ ގެއިން ނުކުތް ދުވަހު ދެމީހުންކުރެ އެކަކުވެސް އަނެކަކާއި ވާހަކައެއް ނުދައްކައެވެ. އެއްވެސް މީހަކު އަނެކެއްގެ ގާތުގައި ދައްކާނެ ވާހަކައެއް ނެތީއެވެ. އެދޭނެ އެދުމެއް ނެތީއެވެ. ކޮންމެ މީހަކީވެސް ވަކި މީހެކެވެ. މިނިވަން މީހެކެވެ. އެހެންވީމާ، އެމީހަކު ޚިޔާރު ކުރާނެ މަގެއް އެއީ އެމީހަކަށް އޮތް ނިންމުމެކެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: އަމާނާތް

ކުރުވާހަކަ: އަމާނާތް

މުޙައްމަދު ހަނދާން ކުރަން ފެށިއެވެ. އޭނާގެ އަތުން ގެއްލުނީ ކޮންއެއްޗެއް ބާވައެވެ؟ އޭނާ ހަނދާނެއް ނުވިއެވެ. އެހެނީ އޭނާއަށް އަނބުރާ ލިބިދާނެ ނުވަތަ މީހަކަށް ފެނިގެން ގެނެސްދީފާނެ އެއްޗެއް އޭނާގެ އަތުން ގެއްލިފައެއް ނުވެއެވެ. އޭނާގެ އަތުން ގެއްލުނު ހަމައެކަނި އެއްޗަކީ ފަސްދޮޅަސް ނުވަހާސް ރުފިޔާއާއި ހާހެއްހާ ޑޮލަރެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ހީލަތް

ކުރުވާހަކަ: ހީލަތް

ލެޕްޓޮޕްއިން ހުރިހާއެއްޗެއް ޑިލީޓްކޮށްލައި ނާޒް އެ ފޯމެޓްކޮއްލިއެވެ. މޭޒުމަތީގައި އޮތް ލައިޓަރެއް ނާޒްއަށް ފެނުނެވެ. އެފެނުމުން ދެން ކަންތައް ކުރާނެ ގޮތްވެސް ނާޒްއަށް ވިސްނުނެވެ، އޭނާ ލެޕްގެ  ފަހަތު ކަވަރާއި ހާޑަށް ލައިޓަރުން ހޫނުކޮށް އަންދާލިއެވެ. ނާޒް އެހެން ހެދީ އޯވަ ހީޓްވެގެން ލެޕް ހަލާކުވީކަން ނިޔާޒްއަށް ވިސްނައި ދިނުމަށްޓަކައެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ބަދަލު

ކުރުވާހަކަ: ބަދަލު

ނިޔާމާ ސިޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މުނީޒާ އެހެން މީހެއްގެ ގާތަށް ނުދާކަމާއި އެއީ ރޭވުމެއް ކަމެވެ. ސިޔާމްގެ ވިޔާނުދާ އުޅުން އިސްލާހްކުރުވުމަށް މުނީޒާ ބަދަލުވީ ކަމެވެ. އެހެން ނަމަވެސް އެއީ ހަމަ ހަޤީޤީ ބަދަލަކަށް ވެދާނެ ކަމުގެ ބިރު އޮތް ކަމަށާއި، ސްކޫލު ދައުރުއްސުރެ މުނީޒާ އާއި ހިތާވެގެން އުޅުނު ހަފީޒް މުނީޒާގެ ފަހަތުން އަޅުވާލެވޭތޯ އުޅޭވާހަކަވެސް ބުންޏެވެ. އަދި މުނީޒާ އަންނަނީ ސިޔާން އިސްލާހްނުވާނަމަ ހަފީޒްއާއި ގުޅެން ވިސްނަމުން ކަމުގައިވެސް ބުންޏެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: 27 ވިލޭރޭ

ކުރުވާހަކަ: 27 ވިލޭރޭ

މޫނުކަފަގަނޑުގެ ތެރޭގައި ހުރި ހުދު ކާފޫރާއި ބޮކަރު ކުނޑި ނޭފަތުގެ ހިނދުރީގައި ޖެހުނެވެ. އެއާއި އެކު އަހަރެންނަށް ބާރު ކިނބިއްސެއް އެޅުނެވެ. ނަމާދެއް ނުކުރިޔަސް ޤުރުއާން ނުކިޔެވިޔަސް ކިނބިހި އެޅޭވަގުތުގައި الحمد لله  އޭ ކިޔަން އާދަވެފައިވާތީ އެކަލިމަ ކިޔުނެވެ. އެއާއި އެކު ހަށިގަނޑަށް ދިރުން އަތުވެއްޖެއެވެ. ފުންމައިގެން ތެދުވެވިއްޖެއެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ގަސްމުށި

ކުރުވާހަކަ: ގަސްމުށި

"އެ ގަސްމުށިގަނޑު އެތާ ބެހެއްޓީ ކާކު؟" ޑޮކްޓަރުގެ ވާހަކަތައް އަޑު އަހާފައި އާޒިފާ ހަޅޭ ލަވައިގަތެވެ. އޭނާ ބޭނުންވީ ހަމަ އެވަގުތު އެގޭ ދޮށަށްދާށެވެ. މީހެއްގެ ފަރުވާ ކުޑަކަމުން އެހެން ބައެއްގެ މުޅި ދިރިއުޅުން ފަނާވީއެވެ. އަނބުރާ ލިބުމެއް ނެތް ގޮތުގައި އާއިލާއެއްގެ ހުރިހާ އުފަލެއް ވިއްސި ވިހާލި ވީއެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ފިނޮޅު

ކުރުވާހަކަ: ފިނޮޅު

ޒިޔާދުގެ އުމުރުގައި ތަން ހުރީމާ ކަންނޭނގެއެވެ. ދޮޅުގަޑިއިރު ފަހުން ފެނުނު އިރުވެސް ޒިޔާދުގެ ވިންދުން ހުއްޓެވެ. ރަށަށް ގެނައި މަގުމަތީގައި ސީޕިއާރް ދިނުމުން އޭނާ ނޭވާލާން ފެށިއެވެ. އެކަމަކު މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި އެޑްމިޓްކޮށްފައި އޮންނަތާ ހަފްތާއެއްވި އިރުވެސް އެނާގެ ހެއެއް ނާރައެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ވަކިވުމުން

ކުރުވާހަކަ: ވަކިވުމުން

ހަމަ ހޭވެރިކަން ހުންނަ ކޮންމެ ހާލަތެއްގައި ޔާސިރު ދަރިފުޅު ދެކިލަން އާދެއެވެ. އެކަމަކު އެފަދަ ކޮންމެ ދުވަހެއްގައި ހިނގާނީ މިއަދު މިހިނގިފަދަ ހަނގުރާމައެކެވެ. ޔާސިރު ދާންޖެހޭނީ ގައިން ލެއި ކޮށާލައިގެންނެވެ. ދަރިފުޅު ގާތުގައި މަންމަ ބުނާނީ ބައްޕައަކީ ފަތްބޯ މީހެއް ކަމަށެވެ. ގޮތްކުޑަ އަނިޔާވެރިއެއް ކަމަށެވެ. ދަރިފުޅު ބޭނުން އެއްވެސް ކަމެއް ކޮށްދެވޭނެ މީހެއް ނޫންކަމަށެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ނަފްރަތު

ކުރުވާހަކަ: ނަފްރަތު

ސަންފަ ނަގައި ގަނެގެން ރަށުގެ ސިއްޚީ މަރުކަޒަށް ގެންގޮސްފިއެވެ. ހިތް ހުއްޓި މަރުވެފައިވާކަން ޑޮކްޓަރު ޔަޤީންކޮށްދީފިއެވެ. ސަންފަގެ ދަރިފުޅު ސަލީމާއި މާމަދަރީން އޭނާގެ މޫނުދެކެން އައެވެ. އިބްރާހިމް ފިޔަވައެވެ. ހިނދުކޮޅަކަށް ނަމަވެސް ސަންފަ ނިޔާވެގެން އެމީހުން ރުޔެއެވެ.

އިތުރަށް ކިޔާ
ކުރުވާހަކަ: ގިލަން

ކުރުވާހަކަ: ގިލަން

ތިއޭޓަރުގެ ދޮރު ހުޅުވުމާއި އެކު ޒަމީރުގެ ހިތްތެޅިގަތެވެ. ހެވިފައި ހުރި ޑޮކްޓަރާއި އޭނާގެ ތަރުޖަމާނު ޒަމީރަށާއި މަންމައަށް ދިނީ އުފާވެރިހަބަރެކެވެ. އޮޕަރޭޝަންކާމިޔާބުވި ޚަބަރެވެ. ޒަމީރު ﷲއަށް ހަމްދު ކުރިއެވެ. މަންމަގެ ގައިގައި ބައްދައިގެންފައި އުފަލުން ރޮއެގަތެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން ފިލީއެވެ. ހިތާމައިގެ ރޭތަކަށް ނިމުން އައީ އެވެ.

އިތުރަށް ކިޔާ