Post banner
ވާހަކަ

ދިގު ވާހަކަ: ހިތާމައިގެ ރާނީ -15

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގު ވާހަކަ: ހިތާމައިގެ ރާނީ -15

ދިގު ވާހަކަ: ހިތާމައިގެ ރާނީ

ޖޫން 26 ގެ އަދަދާއި ގުޅޭ...

ނޯޓް: މިވާހަކައިގެ 14 ބައި މިހާތަނަށް ވަނީ ޝާއިޢު ކުރެވިފައެވެ. ވާހަކައިގެ 15 ވަނަ ބައިންފެށިގެން ވާހަކަ ދެން ކިޔުއްވޭނީ، ވާހަކަ ކިޔުއްވުމަށްޓަކައި ސަބްސްކްރައިބް ކުރައްވާ ފަރާތްކަށް އެކަންޏެވެ.

--

އާތިފާ ހުރި ހިސާބަށް އާދެވުމުން އިމާދު ހުއްޓުނެވެ. އެކުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކައެވެ. ފަހަރަކު މީހަކު އިމާދު އާއި ސަލާމްކޮށްލާފައި ހީނލާފައި މަގު އޮތް ގޮތަށް ހިނގައިގެންފިއެވެ.

"ކީއްވެ ބޭރުގައި ތިހިރީ!" ހުރިހާ އެންމެން ދުރަށް ހިނގައިގަތުމުން އާތިފާގެ އަތުގައި ހިފަމުން އިމާދު ބުންޏެވެ.

"ހިނގާދޯ އަވަހަށް ފުރޭތޯ އުޅެން. ދެން މިރަށުގައި ތިބޭނެ ކަމެއް ނެތް." އާތިފާ ފުންނޭވާއެއްލާފައި ބުންޏެވެ.

"އާނ! އެކަމަކު ކަތީބުބެ އާ ވާހަކަ ދައްކާލާފަ، އާޝިޔާގެ ކަންތައްތައް ހަމަޖައްސާލަން ޖެހޭނެ އެއްނު." އިމާދު ބުންޏެއެވެ.

އާތިފާ ބޯހޫރުވާލިއެވެ. އިމާދަށް ލިބުނީ ހައިރާން ކަމެކެވެ. އާތިފާ އެބުނީ ކީކޭކަން ނޭނގިގެންނެވެ.

އިމާދު ގޯތި ތެރެއަށް ވަންނަން ހިނގައި ގަތުމުން އާތިފާ އޭނާ ހުއްޓުވިއެވެ. އިމާދު ހައިރާންވިއެވެ. އެކަމަކު އިމާދުގެ އަތުގައި ބާރަށް ހިފަހައްޓައިގެން އާތިފާ ހިނގައި ގަތީ މަގު އޮތްގޮތަށް ކުރިއަށެވެ. އިމާދުވެސް އާތިފާ އާއި އެކު ހިނގަމުން ދިޔައިރު، އާތިފާ އެދަނީ އިމާދު ގޮވައިގެން ގަދަކަމުންކަން ދެކޭ މީހަކަށް ޔަޤީން ވާހައިވެއެވެ.

" ކިހިނެއްވީ!" އިމާދު ހައިރާންވެ އަންތަރީވެސްފައި ހުރެގެން ސުވާލު ކުރިއެވެ. އެކަމަކު އެސުވާލަށް އާތިފާ އެއްވެސް ޖަވާބެއް ނުދީ ހިނގަމުން ދިޔައީ ކުރިޔަށެވެ. ޝައްކާއި ވަހުމްތައް އޭނާގެ ސިކުނޑީގައި ހައިޖާނެއް އުފައްދައިފިއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް އެހައިޖާނުގަނޑުގެ ތެރޭގައި އާތިފާގެ ސިކުނޑި އޮޅުން ބޮޅުންވެއްޖެއެވެ.

އާތިފާއަށް އައި ކުއްލި ބަދަލުފެނިފައި އިމާދު ހުރީ ހައިރާންވެ އަންތަރީސްވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައިރުވެސް އެއްވެސް ޖަވާބެއް ނުދީ އާތިފާ ހިނގަމުން ދިޔައީ ކުރިޔަށެވެ.

"އާޝިޔާ އެކަނި ދޫކޮށްލާފައި ތި ދަނީ ކޮންތާކަށް؟" އ

Paid article

Keep reading

Unlock the full article for $1.00. One-time payment, instant access.

Sign in to buy

New here? Create an account

Secure payment

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް