ވާހަކަ

ދިގު ވާހަކަ: ހިތާމައިގެ ރާނީ (9)

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގު ވާހަކަ: ހިތާމައިގެ ރާނީ (9)

ދިގުވާހަކަ: ހިތާމައިގެ ރާނީ.

21 ފެބުރުއަރީގެ އަދަދާއި ގުޅޭ ...

އިރުއަރައި ހޫނުވާން ފެށުމާއިއެކު، ރަށުތެރޭގައި މީހުންތައް ހޭލަމޭލަވާން ފަށައިފިއެވެ. ވަލަށްދާ މީހުން ވަލަށެވެ. ފަރަށްދާ މީހުން ފަރަށެވެ. ފަތިހު ވަދާ ނުކުތް ދޯނިތައްވެސް ބުރުނީ ކަނޑުއޮޅިން ވަންނަން ފަށައިފިއެވެ.

ރުއްގުޅިގަނޑެއްގެ މަތީގައި ތިބި އިމާދާއި އާތިފާއަށްވެސް އެމަންޒަރު ފެނެއެވެ. އެއީ ކަނޑު ހިމޭންވެ ތެމާލާފައި އޮތް ދުވަހަކެވެ. އުދަރެހުގެ ރޮނގުވެސް ފާހަގަނުވެއެވެ. ކަނޑެއް ފަޅެއް ވަތްކެއް ނުވެއެވެ. ހީވަނީ ލޮނުގަނޑުމަތީގައި ދިރޭރަހަލީ ބިއްލޫރިގަނޑެއް ބާއްވާފައި އޮތީހެންނެވެ. ކަނޑުއޮޅިން ވަދެގެން ބުރުނީ ފާލަމާއި ދިމާއަށް މިސްރާބު ޖަހާފައިވާ ކުދި ވަދުދޯނިތައް ހީވަނީ ރޭހެއްގައި ބައިވެރިވެގެން އުޅޭ ހެންނެވެ.

"ހިނގާބަލަ ދޯނިތައް ލަފާތަނަށް ދަމާ!" އިށީނދެ އިން ރުއްގުޅިގަނޑުމަތިން ތެދުވަމުން އިމާދު ބުންޏެވެ. އެއްވެސް އެއްޗެއް ނުބުނެ އާތިފާވެސް އިމާދުގެ އަތުގައި ހިފައިގެން ތެދުވެއްޖެއެވެ. ހެދުން ރަނގަޅުކޮށްލުމަށްފަހުގައި އިމާދުގެ އަތުގައި ހިފައިގެން ގޮނޑުދޮށުން އާތިފާވެސް ހިނގައިގަތީ ބުރުނީގެ ފާލަމާއި ދިމާއަށެވެ.

ވަކި ހިސާބަކަށް ގޮސްފައި ކުއްލިއަކަށް އާތިފާ ހުއްޓިއްޖެއެވެ.

"ކިހިނެއްވީ!" އާތިފާ ހުއްޓުމުން އިމާދުވެސް ހުއްޓިފައި ސުވާލު ކުރިއެވެ.

"ގޮނޑުދޮށުން ނުހިނގައި ހިނގާ އެއްގަމު މަގުން ފާލަމަށްދާން." އާތިފާގެ އަޑުގައި ޖެހިލުންވުމެއް ހުއްޓެވެ.

"މަށަށް ހީވަނީ، މިހިރަ މަގޫ ގަސްގަނޑުގެ ތެރޭގައި އެއްޗެއް އެބައުޅޭހެން." އާތިފާ ތަންކޮޅެއް ދުރުގައި ބޮނޑިއަކަށް ހެދިފައި ހުރި މަގޫގަސްތަކެއް އިމާދަށް ދައްކާލަމުން ބުންޏެވެ.

"ދެން އެތާ އުޅޭނީ ކޮންއެއްޗެއް؟" އިމާދު ލާނެތް ފާޑަކަށް ހީނގައެވެ.

"ކިނބުލެއްވެސް އޮވެދާނެ. އެގަސްތައް އެ ހެލުވެނީއެއްނު" މޭގައި އަތް އަޅަމުން އާތިފާ ބުންޏެވެ. އެއާއެކު އަނެއްކާވެސް އިމާދު ބާރަށް ހީގަތެވެ.

" ހަމަ ތެދެކޭ މިބުނީ. އިމާދު ގާތުގައި އަދި ނުބުނެވޭދޯ، މިރަށަކީ، ކިނބޫ އަރާ ރަށެއް ކަމެއް." އާތިފާ ބޭނުންވީ އިމާދަށް ޔަޤީން ކޮށްދޭށެވެ.

"ދިވެހިރާއްޖޭގައި އޮވޭތަ ކިނބޫ އުޅޭ ރަށެއް." އިމާދުވެސް ތަޙްޤީޤީ ނަޒަރަކުން ސުވާލުކޮށްލިއެވެ.

"އާނ! އަހަރެން ކުޑައިރުވެސް ހަމަ މިދިމާއަށް ކިނބުލެއް އަރައި އޮއްވައި ފެނުނު. ދެން އެފަހަރު މާލޭން ސިފައިން އައިސްގެ ހަފްތާއެއް ވަންދެން މަސައްކަތްކޮށްގެން އޭތި ހޯދައި ބަޑިޖަހައި މަރާލެވުނީ." އެންމެ ނޭވާއަކަށް އާތިފާ ހުރިހާ ވާހަކައެއް އަމުނާލިއެވެ.

އާތިފާގެ މޮޔަ ވާހަކަތަކަށް ހޭން ހުރި އިމާދުގެ ދެލޯބޮޑުވެގެން ދިޔައީ، މަގޫ ގަސްގަނޑުގެ ތެރެއިން މާފަރިގޮތަކަށް ހެލުވެމުން ނުކުތް އާދައިގެ ސައިޒެއްގެ ކިނބޫފެނިފައެވެ. އޭތި ފެނުމާއި އެކު އާތިފާ ހަޅޭލަވައިގެންފައި، އައިކޮޅަށް ދުއްވައިގެންފިއެވެ. ދުވަހަކުވެސް ގުދުރަތީ މާހައުލަކުން ކިނބުލެއް ދެކެފައި ނުވާ އިމާދު ހުރިތަނުގައި ހިލަގަނޑެއްހެން ކިނބުލާއި ދިމާއަށް ބަލަން ހުއްޓެވެ. ކިނބޫ މިނިވަންކަމާއި އެކު ފަސްގަނޑުމަތިން ފައިބައިގެން ގޮސް މޫދުގެ ތެރެއަށް ފީނާލައިފިއެވެ.

ކިނބޫ މޫދަށް ފައިބަގެން ގޮސް ގެއްލެންދެން އިމާދުހުރީ ބަލަހައްޓައިގެންނެވެ. އޭތި ފައިބަގެން ދިޔުމުން، އެ ފެނޭތޯ، ރާޅުޖަހާފަށަށްވެސް އިމާދު ފޭބިއެވެ. އެކަމަކު ފަޅު ތެރެއަށް ފައިބައިގެން ދިޔަ އެކިނބޫ އޭނާއަކަށް ނުފެނުނެވެ. ރާޅުޖަހާ ފަށުގައި އިމާދު ހިނގަހިނގާ ހުއްޓައި އެއްގަމުން މީހުންތަކެއް ދުވަމުން އައިސް އެދިމާ އަތިރިމައްޗަށް ފައިބައިފިއެވެ. އެމީހުންގެ ތަންކޮޅެއް ފަހަތުގައި އާތިފާ ހުއްޓެވެ. އޭނާ ހުރީ، ގަނެފައި ހުރި ބިރަކު ގޮނޑުދޮށަށްވެސް ފައިބާން ނުކެރިފައެވެ. އެމީހުންތައް ދުވެފައި އައީ އިމާދާއި ދިމާއަށެވެ. ބަސް ބުނި ހިނދުން މީހުންތައް އިމާދުގެ ކައިރީގައި ބޮނޑިވެގެންފިއެވެ.

"ތެދެއް! ކޮބާ މިތަނުން ފެނުނު ކިނބޫ" އެންމެން އެއްފަހަރާ އިމާދާއި ސުވާލު ކުރިއެވެ.

" އޭތި މޫދަށް ފައިބައިގެން ހިނގައްޖެ" އިމާދު ފުންނޭވާއެއްލަމުން ބުންޏެވެ.

" ހަމަ ޔަޤީންތަ އެއީކިނބުލެއްކަން" އެއިގެ ތެރެއިން އެކަކު އަދިވެސް އިމާދާއި ގާތަށް ޖެހިފައި ސުވާލު ކުރިއެވެ.

" އާނ! އެއީ ކިނބުލެއް ނޫން އެހެން އެއްޗެއް ނޫން. މިދިމާއިން މޫދަށް ފައިބައިގެން އޭތި ދިޔައީ." މޫދަށް އިޝާރާތް ކުރަމުން އިމާދު ބުންޏެވެ.

އިމާދު އެހެން ބުނުމުން އެންމެން އެއްފަހަރާ ބަލާލީ އެދިމާއަށެވެ.

"އެދިމާގައި އެބަހުރި އޭތި މޫދަށް ފައިބައިގެން ދިޔަ ފިޔަވަޅުތައް." ތަންކޮޅެއް ދުރުން އައިސް މީހުންތަކުގެ ތެރެއަށް ވަތް އެހެން މީހަކު ބުންޏެވެ.

އިމާދު އެއްގަމުގައި ހުރި އާތިފާ އާއި ދިމާއަށް ހިނގައިގަތުމުން ގޮނޑުދޮށުގެ އެކި ދިމަ ދިމާއަށް މީހުންތައް ދާންފަށައިފިއެވެ. އެންމެންވެސް އެއުޅެނީ ކިނބޫ ފެނޭތޯއެވެ.

"އިމާދު ބިރެއްވެސް ނުގަނޭތަ؟" އިމާދު އައިސް އާތިފާ އާއި އަރައިހަމަވުމުން އާތިފާ ބުންޏެވެ.

" ކޮން ބިރެއް. ކުޑަކުޑަ ކިނބުލަކަށް ކުރެވޭނީ ކޮންކަމެއް" އިމާދު ހީނގަންނަމުން ބުންޏެވެ.

"ކުޑަ ކުޑަ ކިނބުލެކޭ. މަށަށް ފެނުނު އެތި ގައިމުވެސް އިމާދަށް ވުރެ ބޮޑު." ހައިރާންކަމުގެ ރާގަކަށް އާތިފާ ބުންޏެވެ.

"ހިނގާ ދެން ގޭދޮށަށް ދަމާ!" އާތިފާގެ އަތުގައި ހިފަމުން އިމާދު ބުންޏެވެ.

އާތިފާ އާއި އިމާދު އެއްގަމަށް އަރައިގެން ދިޔައިރު، ރަށުގެ ޒުވާން ފުރައިގެ މީހުންނާއި، ހަރު މީހުންވެސް އާތިފާމެންނަށް ފެނުނު ކިނބޫ ހޯދަން ގޮނޑުދޮށުގައި އުޅެއެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް އެ އެއްޗެއް ނުފެނުނެވެ.

********

މެންދުރު ފަސްވުމާއި ހަމައަށް ހިމޭން ވެފައިއޮތް ދުނިޔެ ހޭލައިފިއެވެ. އުތުރުފަރާތުން ޖެހެމުން ދިޔަ މަޑުވައިރޯޅު ހުޅަނގަށް ޖެހިބާރުވެއްޖެއެވެ. ބުރުނު ކޮޅިގަނޑުގެ އަސަރު ފެންނާން ފަށައިއެވެ. ހުޅަނގު ފަރާތު އުދަރެހުގައި އަނދުންކޫރެއްވަރަށް ދަމާލި ކަޅު ވިލާރޮދި ފުޅާވަމުން ބޮޑުވަމުންގޮސް މުޅި އުދަރެސް ބައްދާލައިފިއެވެ. ދުނިޔެ އަނދިރިކޮށްލައިފިއެވެ.

ދެންމެ ދެންމެ ވާރޭ އޮއްސައިގަނެފާނެހެން ހީވި، ވަގުތު ބީފާނު ބޭރަށް ނުކުތީ، ރޯނުގައި ހިއްކާން އަޅާފައި ހުރި، އަންނައުނުތައް ހިޔަލަށް ވައްދާށެވެ. ބީފާނުގެ ފަހަތުން ކުޑަކުޑަ އާޝިޔާވެސް ނުކުތެވެ. ރޯނުން އެއްޗެހިތައް ނަގައިގެން އަސްކަންޏާއި ހަމައަށް ބީފާނަށް އާދެވުނީ ކިރިޔާއެވެ. ވިލާގަނޑުގެ ހަމަރޯޅި ޖެހެން ފަށައިފިއެވެ. ބުރައިގެން އައި ހިރަފުސްތަކާއި ފަތްތަކުން ލޯ ދިލުވާލެވޭ ވަރު ނުވެއެވެ. ބާރުވައިރޯޅިއާއެކު ބަނބުކެޔޮގަހުގެ ގޮފިތައް ހަލުވާލުމުން ތަނޑު ދޮންވެފައި ހުރި ކެޔޮތައް ބިމަށް ފައިބާން ފެށީ އެއް ފަހަރާއެވެ. ކޭލަކަށްފަހު ކޭލެއް ނުވަތަ އެއްފަހަރާ ދެތިން ހަތަރުކެޔޮވެސް ގަސްދަށަށް ވެރެން ފެށުމުން ކުޑަކުޑަ އާޝިޔާ ދުއްވައިގަތީ، އަސްކަނދޮށުގައި އޮތް ފުއް ހުސްކުރި ގޯނި ހިފައިގެން ކެޔޮތައް ހޮވާށެވެ.

"ދަރިފުޅާ! އިހަށް ތިޔަ ގަސްދަށަށް ނުވަދޭ ކޭލަކުން ޖެހި އަނިޔާއެއް ވެދާނެ!" ގޯތި ތެރޭގައި ހުރި ބަނބުކެޔޮގަސްދޮށަށް އާޝިޔާ ނުކުންނަން ފެށުމުން ބީފާނު ގޮވާލިއެވެ. އެކަމަކު އާޝިޔާ އެއައަޑެއް ނޭހިއެވެ. އޭނާގެ ކުޑަކުޑަ ދެއަތުން ދޮންވެފައިވާ ބޮޑެތި ބަނބުކެޔޮތަށް ނަގައި ގޯންޏަށް އަޅަން ފަށައިފިއެވެ. އޭނާއަށް ގޯންޏަށް ލެވުނީ ދެތިން ކޭލެވެ. ޖަހާލި ބާރުގަދަ ގުގުރީގެ އަޑާއިއެކުލަވައި އޮއްސައިލި ބޯކެރިގަނޑާއި އެކު ގަތްބިރުން ދުވެފައި އައިސް އާޝިޔާ އޮޅުލައިގަތީ މާމަގެ ގައިގައެވެ.

"ކޮބާ؟ މާމަގެ ބަސްނާހައި ގަސްދަށަށް ނުކުންނަންޏާ ވާނީ އެހެން. ހިނގާ ގޭތެރެއަށް ވަންނަން. ބަނބުކެޔޮ ހޮވަން ނުކުންނާނީ، ވައިމަޑުވެ ކެރިކަނޑައިލީމާ." އާޝިޔާގެ ބޮލުގައި ފިރުމާލަމުން ބީފާނު ބުންޏެވެ.

"މާމާ! ގުގުރަނީ ކިހިނެއްތަ؟ އުޑުގައި ހުރި ފަރުބަދައެއް ވެއްޓެނީތަ؟" އާޝިޔާގެ ޅަ ސިނކުނޑިއަށް ވިސްނިފައި އޮތްގޮތަށް ސުވާލުކުރިއެވެ.

"މާމައަކަށް ނޭނގެ ދަރިފުޅާ! ދަރިފުޅު ކިޔަވައި މޮޅުވެ ބޮޑު މީހަކަށް ވެގެން މާމައަށް ކިޔައިދޭނީ ގުގުރަނީ ކިހިނެއްކަން؟" ބީފާނު ހިތާމަވެރި ރާގެއްގައި ބުންޏެވެ.އިރުއަރައި ހޫނުވާން ފެށުމާއިއެކު، ރަށުތެރޭގައި މީހުންތައް ހޭލަމޭލަވާން ފަށައިފިއެވެ. ވަލަށްދާ މީހުން ވަލަށެވެ. ފަރަށްދާ މީހުން ފަރަށެވެ. ފަތިހު ވަދާ ނުކުތް ދޯނިތައްވެސް ބުރުނީ ކަނޑުއޮޅިން ވަންނަން ފަށައިފިއެވެ.

****

މެންދުރު ފަސްވުމާއި ހަމައަށް ހިމޭން ވެފައިއޮތް ދުނިޔެ ހޭލައިފިއެވެ. އުތުރުފަރާތުން ޖެހެމުން ދިޔަ މަޑުވައިރޯޅު ހުޅަނގަށް ޖެހިބާރުވެއްޖެއެވެ. ބުރުނު ކޮޅިގަނޑުގެ އަސަރު ފެންނާން ފަށައިއެވެ. ހުޅަނގު ފަރާތު އުދަރެހުގައި އަނދުންކޫރެއްވަރަށް ދަމާލި ކަޅު ވިލާރޮދި ފުޅާވަމުން ބޮޑުވަމުންގޮސް މުޅި އުދަރެސް ބައްދާލައިފިއެވެ. ދުނިޔެ އަނދިރިކޮށްލައިފިއެވެ.

ދެންމެ ދެންމެ ވާރޭ އޮއްސައިގަނެފާނެހެން ހީވި، ވަގުތު ބީފާނު ބޭރަށް ނުކުތީ، ރޯނުގައި ހިއްކާން އަޅާފައި ހުރި، އަންނައުނުތައް ހިޔަލަށް ވައްދާށެވެ. ބީފާނުގެ ފަހަތުން ކުޑަކުޑަ އާޝިޔާވެސް ނުކުތެވެ. ރޯނުން އެއްޗެހިތައް ނަގައިގެން އަސްކަންޏާއި ހަމައަށް ބީފާނަށް އާދެވުނީ ކިރިޔާއެވެ. ވިލާގަނޑުގެ ހަމަރޯޅި ޖެހެން ފަށައިފިއެވެ. ބުރައިގެން އައި ހިރަފުސްތަކާއި ފަތްތަކުން ލޯ ދިލުވާލެވޭ ވަރު ނުވެއެވެ. ބާރުވައިރޯޅިއާއެކު ބަނބުކެޔޮގަހުގެ ގޮފިތައް ހަލުވާލުމުން ތަނޑު ދޮންވެފައި ހުރި ކެޔޮތައް ބިމަށް ފައިބާން ފެށީ އެއް ފަހަރާއެވެ. ކޭލަކަށްފަހު ކޭލެއް ނުވަތަ އެއްފަހަރާ ދެތިން ހަތަރުކެޔޮވެސް ގަސްދަށަށް ވެރެން ފެށުމުން ކުޑަކުޑަ އާޝިޔާ ދުއްވައިގަތީ، އަސްކަނދޮށުގައި އޮތް ފުއް ހުސްކުރި ގޯނި ހިފައިގެން ކެޔޮތައް ހޮވާށެވެ.

"ދަރިފުޅާ! އިހަށް ތިޔަ ގަސްދަށަށް ނުވަދޭ ކޭލަކުން ޖެހި އަނިޔާއެއް ވެދާނެ!" ގޯތި ތެރޭގައި ހުރި ބަނބުކެޔޮގަސްދޮށަށް އާޝިޔާ ނުކުންނަން ފެށުމުން ބީފާނު ގޮވާލިއެވެ. އެކަމަކު އާޝިޔާ އެއައަޑެއް ނޭހިއެވެ. އޭނާގެ ކުޑަކުޑަ ދެއަތުން ދޮންވެފައިވާ ބޮޑެތި ބަނބުކެޔޮތަށް ނަގައި ގޯންޏަށް އަޅަން ފަށައިފިއެވެ. އޭނާއަށް ގޯންޏަށް ލެވުނީ ދެތިން ކޭލެވެ. ޖަހާލި ބާރުގަދަ ގުގުރީގެ އަޑާއިއެކުލަވައި އޮއްސައިލި ބޯކެރިގަނޑާއި އެކު ގަތްބިރުން ދުވެފައި އައިސް އާޝިޔާ އޮޅުލައިގަތީ މާމަގެ ގައިގައެވެ.

"ކޮބާ؟ މާމަގެ ބަސްނާހައި ގަސްދަށަށް ނުކުންނަންޏާ ވާނީ އެހެން. ހިނގާ ގޭތެރެއަށް ވަންނަން. ބަނބުކެޔޮ ހޮވަން ނުކުންނާނީ، ވައިމަޑުވެ ކެރިކަނޑައިލީމާ." އާޝިޔާގެ ބޮލުގައި ފިރުމާލަމުން ބީފާނު ބުންޏެވެ.

"މާމާ! ގުގުރަނީ ކިހިނެއްތަ؟ އުޑުގައި ހުރި ފަރުބަދައެއް ވެއްޓެނީތަ؟" އާޝިޔާގެ ޅަ ސިނކުނޑިއަށް ވިސްނިފައި އޮތްގޮތަށް ސުވާލުކުރިއެވެ.

"މާމައަކަށް ނޭނގެ ދަރިފުޅާ! ދަރިފުޅު ކިޔަވައި މޮޅުވެ ބޮޑު މީހަކަށް ވެގެން މާމައަށް ކިޔައިދޭނީ ގުގުރަނީ ކިހިނެއްކަން؟" ބީފާނު ހިތާމަވެރި ރާގެއްގައި ބުންޏެވެ. (ނުނިމޭ)

މިވާހަކަތައް ކިޔުންތެރިންނަށް، ކަމުދާ ނަމަ މިވެބްސައިޓް ދެމެހެއްޓުމަށްޓަކައި، ކިޔުންތެރިންގެ އެހީތެރިކަމަށް އެދެމެވެ. ތިޔަބޭފުޅުން ދެއްވާ އެހީ ޖަމާކުރައްވާނީ "ސުލައިމާން މީޑިއާ"ގެ ބީއެމްއެލް އެކައުންޓް: 7730000814787 އަށެވެ. އަދި ކިޔުންތެރިން ދެއްވަން ބޭނުންފުޅުވާ، ޚިޔާލެއް އޮތް ނަމަ ވައިބާ ކުރައްވާނީ، ރައްޔިތުންގެ ނޫހުގެ ހޮޓްލައިން، 9415149 އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް