ދިގުވާހަކަ: ހިތާމައިގެ ރާނީ -16
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޖުލައި 06 ގެ އަދަދާއި ގުޅޭ...
ނޯޓް: މިވާހަކައިގެ 14 ބައި މިހާތަނަށް ވަނީ ޝާއިޢު ކުރެވިފައެވެ. ވާހަކައިގެ 15 ވަނަ ބައިންފެށިގެން ވާހަކަ ދެން ކިޔުއްވޭނީ، ވާހަކަ ކިޔުއްވުމަށްޓަކައި ސަބްސްކްރައިބް ކުރައްވާ ފަރާތްކަށް އެކަންޏެވެ.
--
އެބުޅާ ދޮރުމަތީގައި އޮވެ އާތިފާއާ ދިމާއަށް ބަލާލާފައި އެނބުރިގޮސް ބޭރުގެ އަނދިރިކަމުގެ ތެރެއަށް ގެއްލިއްޖެއެވެ. އާތިފާވެސް ގޮސްވަނީ ކޮޓަރިއަށެވެ. އޭރު އެއްޗެހި ބަދަލުވެސް ނުކޮށް، އެނދުގައި ބުރަކަށި ދަމާލިގޮތަށް، އިމާދު ނިދައި ހަރުވެފައި އޮތެވެ.
ހެދުން ބަދަލުކޮށްގެން އާތިފާވެސް އިމާދުގެ ބިއްދޮށުން އެނދުގައި އޮށޯވެއްޖެއެވެ. ސިކުނޑިއަށްވެފައިވާ ބުރަ އާއި ޖިސްމަށް ލިބިފައިވާ ވަރުބަލި ކަމުން އޮށޯވެލުމާއި އެކު އާތިފާއަށް ވެސް ނިދިއްޖެއެވެ.
ރޭ ދެބައިވެއްޖެއެވެ. ހިމޭންވެފައިވާ ބުރުނީގެ މާހައުލުން ފަނިގޮވާއަޑު ފިޔަވައި އެހެން އަޑެއް ނުވެއެވެ. ހަނދުނެތް އުޑުގައި ތަރިތައް ވިދާ ބަބުޅަމުންދަނީ، ކަޅުކުލަގަދަ ޗާދަރެއްގެ މައްޗަށް ތަރުތީބެއް ނެތި އުކާލެވިފައިވާ އަލިމަސްތަކެއް ފަދައިގެންނެވެ. ވައިރޯޅިއެއް ނުވާތީ، ކޮންމެ މަންޒަރެއް ދެކޭ މީހާއަށް ސިފަވަނީ، މޮޅު ކުރެހުންތެރިއެއްހެ ފިހިން ކުރަހައި ކުލަ ޖައްސާފައިވާ، ރީތި މަންޒަރެއް ފަދައިންނެވެ.
ގޯތިތެރޭގައި ހުރި އަށި މަތީގައި ރޭގެ އަނދިރިކަމުގައި އާޝިޔާ ނިދާފައި އޮތެވެ. ހައިހޫނު ކަމާއި ނިހާއީ ވޭނާއި އެކަނިވެރިކަމުގައެވެ. ކަލާނގެ ފިޔަވައި އެކުޑަކުއްޖާއަށް ރަޙްމަތެއް ނެތެވެ. އެކަމަކު އޭނާގެ ނަޞީބުގައި ކަލާނގެވެސް ލިޔުއްވާފައި ވަނީ، އެކަނިވެރިކަމާއި ހިތާމަ އާއި ވޭނާއި ކެކުޅުމެވެ. ކުޑަކުޑަ ކުއްޖަ
Paid article
Keep reading
Unlock the full article for $1.00. One-time payment, instant access.
Sign in to buyNew here? Create an account
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް