classified
ވާހަކަ

ކުރުވާހަކަ: ގެއްލުނީމާ!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރުވާހަކަ: ގެއްލުނީމާ!

ގެއްލުނީމާ

ނޯޓް: މިވާހަކަ ކިޔުއްވޭނީ، ވާހަކަ ވިދާޅުވުމަށްޓަކައި، ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. ތިޔަ ބޭފުޅުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ، އަޅުގަނޑަށް މިމަސައްކަތް ކުރިޔަށް ގެންދެވެން އޮތް މަގެވެ. (އަލީ ސުލައިމާން)

*********

ނަވަލޯކާ ހޮސްޕިޓަލުގެ ދޮރުމައްޗަށް ސަކީނާ ނުކުތީ އޭނާގެ ދަރިފުޅު އާސިމާއި އެކުގައެވެ. ޑޮކްޓަރަށް ދައްކައި ނިމިގެން ގެއަށްދާށެވެ. އޭނާގެ ބައްޔަކީ މައިބަދައިގެ ބައްޔެކެވެ. ދެބަދައެއް ވަނީ ހަލާކުވެފައެވެ. ގިނައިރުކޮޅަށް އަދި އިށީނދެ އިނުމަކީ އޭނާއަށް ލާހިކު ކަމެއް ނޫނެވެ. އުމުރުން ދުވަސްވެ ހިންބަޅުވެފައިވާ ހަށިގަނޑާއި އެކު އޭނާއަށް ހިނގައި އުޅެވެނީވެސް ކިރިޔާއެވެ. އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާއިރު ސަކީނާ ފެންނަނީވެސް އޭނާގެ އުމުރަށްވުރެވެސް މާބޮޑަށް މުސްކުޅިކޮށެވެ. އޭނާގެ ފިހިލަކުނުލައި ހަންގަނޑު ވާންވެފައިވާ މޫނާއި ދެއަތްތިލައިން އޭނާގެ ނަސީބުގެ ވާހަކަ ކިތަންމެހާވެސް ރީތިކޮށް ކިޔައިދެއެވެ.

ނަވަލޯކާ ހޮސްޕިޓަލުގެ ޕޯޓިކޯ ކައިރިއަށް މަޑުކޮށްލި ކާރަކުން ފޭބި ފިރިހެނަކުން ފެނިފައި ސަކީނާ ހަށިގަނޑު ތެދުކޮށްލައި ހިންދަމާލުމަށްފަހު، އެމީހާއަށް ރަނގަޅަށް ބަލާލީ، ގެއްލިފައިވާ އެއްޗެއް ފެނުމުން ލިބޭފަދަ ހައިރާން ކަމަކާއި އެކުގައެވެ. ކަރުނުން ފުރިގެން ދިޔަ ދެލޮލުގެ ތެރޭން ސަކީނާއަށް އެފިރިހެންމީހާ ފެނުނީ، ފިލްމެއްގެ ފޯކަސް ގެއްލިފައިވާ މަންޒަރެއްގެ ގޮތުގައެވެ. ލޮލަށް ޖަމާވި ކަރުނަތައް ސަކީނާ ސިއްރު ސިއްރުން ފޮހެލީ ދުނިޔެއަށް އެހިތާމަ ނުދައްކާށެވެ.

އެއީ އިސްކޮޅުން ބޮޑު ކަޅު ބިޔަ ފިރިހެނެކެވެ. ލަންކާގެ ސިންގަޅަ ދަރިކޮޅު މީހުންގެ ސިފަތައް ކިތަންމެހައި ރަނގަޅަކަށްވެސް އޭނާއަށް ލިބިފައި އެބަހުއްޓެވެ. ވަރުގަދަ މަތިމަހެއް ހުރި އިރު އޭނާގެ ކަސްރަތީ ހަށިގަނޑުން އޭނާގެ އުމުރު ވަނީ ވަންހަނާކޮށްފައެވެ. ނުރަޖަހައި އެކުގައި ހުދުވެފައިވާ އިސްތަށިގަނޑާއި ލޯމައްޗާއި ކަރުދަށުގައި ހަންދޫވެ ޖެހިފައިވާ ކުދި ރޫތަކުން މެނުވީ، އޭނާގެ އުމުރު ހަތްދިހަ އާއި ގާތްކޮށްފައިވާކަން މީހަކަށް ދެނެއެއް ނުގަނެވޭނެއެވެ. ކަނާތު ކޯތާފަތްމަތީގައި ހުރި އުފަން ކަޅު ލަފަކީ، ގުދުރަތުން އޭނާގެ ގައިގައި ލައްވާފައިވާ ވަރުގަދަ ފާހަގަ އެކެވެ. އެއީ އޭނާ ގެއްލުނީމާވެސް ދެނެގަނެވޭނެ ވަރުގެ ފާހަގައެކެވެ. ލަފެކެވެ.

Paid article

Keep reading

Unlock the full article for $2.00. One-time payment, instant access.

Sign in to buy

New here? Create an account

Secure payment

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް