Post banner
ރާއްޖެ

މިދިޔަ ފަސް އަހަރު ވައްކަމާ ގުޅޭ 13،000 އަށް ވުރެއް ގިނަ މައްސަލަ ހުށައަޅާފައިވޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިދިޔަ ފަސް އަހަރު ވައްކަމާ ގުޅޭ 13،000 އަށް ވުރެއް ގިނަ މައްސަލަ ހުށައަޅާފައިވޭ

ފުލުހުންގެ މައި އިދާރާ ---

މިދިޔަ ފަސް އަހަރު ވައްކަމާ ގުޅޭ 13،000 އަށް ވުރެއް ގިނަ މައްސަލަ ހުށައަޅާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ ފަސް އަހަރު ވައްކަމާ ގުޅޭ ޖުމްލަ 13،275 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

އެގޮތުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ވައްކަމާ ގުޅޭ އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ 2023 ވަނަ އަހަރެވެ. އެއީ ޖުމްލަ 3،817 މައްސަލައެވެ.

އަދި 2026 ވަނަ އަހަރު މި އަދަދު ވަނީ %41.89 އަށް ދައްވެފައެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް ހުށައަޅާފައިވަނީ 2،218 މައްސަލައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހުށައަޅާފައިވާ މައްސަލަތަށް އަޅާކިޔާއިރު %4.44 ގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހުށައަޅާފައިވަނީ 2،321 މައްސަލައެވެ. އަދި އަހަރު ނިމުނު އިރު ވައްކަމާ ގުޅޭ ޖުމްލަ 3،478 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ވައްކަމާ ގުޅޭ 2،220 މައްސަލައެއް ހުށައަޅާފައިވާއިރު، މިއީ ފުލުހުންނަށް މި އަހަރު ރިޕޯޓުކުރެވުނު މައްސަލަތަކުގެ 27.4% އެވެ.

ފުލުހުންގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 8،107 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ؛

  • ވައްކަން: 2،220 މައްސަލަ

  • ޓްރެފިކް އެކްސިޑެންޓް: 1،954 މައްސަލަ

  • މަސްތުވާތަކެތި: 1،746 މައްސަލަ

  • އެއްޗެއް ގެއްލިގެން: 661 މައްސަލަ

  • މާރާމާރީ: 423 މައްސަލަ

  • ތަންތަނަށާއި މުދަލަށް ގެއްލުން ދިނުން: 413 މައްސަލަ

  • ގެވެށި އަނިޔާ: 212 މައްސަލަ

  • ހިޔާނާތް: 171 މައްސަލަ

  • ޖިންސީ ގޯނާ: 168 މައްސަލަ

  • ފޭރުން: 101 މައްސަލަ

  • ފޯޖަރީ: 37 މައްސަލަ

  • ޗެކް ބައުންސް: 1 މައްސަލަ

ރާއްޖޭގައި ކުށްކުރާ މިންވަރު އިތުރުވެފައިވާއިރު، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކޮށް، ކުށްކުރުން ހުއްޓުވުން ކަމުގައި ހޯމް މިނިސްޓްރީން އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހު ވިދާޅުވިއެވެ.

Rayyithunge Noos - The Context You Need and the Clarity You Deserve.Enmme bodu amaazakee kuh kurumuge kurin ekan dheneganeveyne nizaam qaaim kurun: Home ministryއެމިނިސްޓްރީން މިހެން ވިދާޅުވެފައި ވަނީ، މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާޞަބާގައި ނެރުނު ބަޔާނުގައެވެ.

ރައީސް އޮފީހުން ގެނެސްދޭ 'ދަ ޕަލްސް' ގައި ވާހަކަފުޅުދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރެވޭ މަސްތުވާތަކެއްޗާއި މުޖްތަމައުގައި ދައުރުވާ މަސްތުވާތަކެތީގެ އަދަދު މިހާރު މަދުކުރެވިފައިވާ ކަމަށެވެ.  

ނަމަވެސް ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މަސްތުވާތެކެތީގެ އަދަދު އެންމެ ގިނައީ މިދިޔަ އަހަރެވެ. އެގޮތުން 2025 ވަނަ އަހަރު މަސްތުވާތަކެއްޗާ ގުޅޭ ޖުމްލަ 2،065 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މީގެ ދަ އަހަރު ކުރިން ވަނީ ފަށާފައެވެ.

އަދި ގޭންގު ކުށްތަކާ ދެކޮޅަށް ވަކި ޚާއްސަ ވިންގެއް ގާއިމުކުރުމަށް އޭރު ނިންމި އިރު، ފުލުހުންނާއި ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް