classified
ރާއްޖެ

އެންމެ ބޮޑު އަމާޒަކީ ކުށްކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމް ޤާއިމްކުރުން: ހޯމް މިނިސްޓްރީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެންމެ ބޮޑު އަމާޒަކީ ކުށްކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމް ޤާއިމްކުރުން: ހޯމް މިނިސްޓްރީ

އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަނެއްގެ ތެރެއިން --- ފޮޓޯ: އިމިގްރޭޝަން.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކޮށް، ކުށްކުރުން ހުއްޓުވުން ކަމުަގައި ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވެފައި ވަނީ، މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާޞަބާގައި ނެރުނު ބަޔާނުގައެވެ.

އެބަޔާނުގައި ބުނެފައި ވަނީ، ޒަމާނީ ޓެކްނޯލޮޖީއާއި، ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތަކުގެ ނަހަމަ ބޭނުން ހިފައިގެން، ވަޒީފާގެ ދޮގު އުންމީދުތައް ދީގެން، ގާނޫނާ ޚިލާފު މަޖުބޫރުކުރުމުގެ އަމަލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން، ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާ ކުރަން ޖެހޭ ކަމުގައިވެސް އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނީ، އިންސާނީ ވަގުފާރީއާއި އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، ފާއިތުވި އޭޕްރީލް މަހުގައި، މަސައްކަތްތެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ އެންމެހާ އިދާރާތަތާކާއި ބަހާތައް، އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަކީ މިކުށާއި ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސްކުރުން ހަރުދަނާކުރުމަށް މަގުފަހިވި ނިންމުމެއް ކަމުގައިވެސް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028" ގެ ނަމުގައި ސަރުކާރުގެ އިދާރާތަކުން މިކުށާއި ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް މިހާރު ވަނީ ޝާޢިއު ކުރެވި، ޢަމަލު ކުރަން ފަށާފައި ކަމަށާއި، މި ޕްލޭނު ނިމިގެންދާއިރު، މިހާރު ދިމާވެފައިވާ ނިޒާމީ މައްސަލަތައް ހައްލު ކުރެވި، މުޅި ނިޒާމު ހަރުދަނާކުރެވިގެންދާނެ ކަމުގައިވެސް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް