ނަތަންޔާހޫ މަރެއް ނުވޭ - އިންޓަވިއު އެއް ލައިވް ބްރޯޑްކާސްޓްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނަތަންޔާހޫގެ އިންޓަވިއު ގެ ސްކްރީން ޝޮޓް ---
އިޒްރާއީލުގެ ހައްދު ފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެނަޖަމިން ނަތަންޔާހޫ މަރާލެވިފައިވާކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް، މިރޭ އިޒްރާއީލުން ނަތަންޔާހޫގެ ލައިވް އިންޓަވިއުއެއް ބްރޯޑްކާސްޓްކޮށްފިއެވެ.
35 މިނިޓްގެ މި އިންޓަވިއުގައި އިޒްރާއީލުގެ ނޫސްވެރިންގެ ތެރެއިން ބޮޑުވަޒީރުގެ އޮފީހުން ކަނޑައަޅާފައިވާ ފަރާތްތަކަށް ސުވާލު ކުރުމުގެ ފުރުޞަތު ދީފައިވެއެވެ. މިއިންޓަރވިއުގައި ނަތަންޔާހޫ ވާހަކަ ދައްކާފައިވަނީ މުޅިންވެސް ހިބްރޫ ބަހުންނެވެ،
ބޮޑުވަޒީރުގެ ޗެނަލްތަކާއި ނަތަންޔާހޫގެ އަމިއްލަ ޗެނަލްތަކުގައިވެސް އޭނާގެ އިންޓަވިއުތަކާއި ހަރަކާތްތައް ޕޯސްޓު ކުރުން ފާއިތުވި ހައެއްކަ ދުވަހު ހުއްޓިފައި އޮތުމާއި އެކު، ނަތަންޔާހޫ އީރާނުގެ ހަމަލާއެއްގައި މަރުވެއްޖެ ކަމަށް ބުނެ ތޯތޯ ވާހަކަތައް ވަރަށް ބޮޑަށް ވަނީ ފެތުރިފައެވެ.
މިރޭ ނަތަންޔާހޫގެ އިންޓަވިއުއަކީ، ލައިވް އިންޓަވިއުއެއްގެ ގޮތުގައި ބްރޯޑްކާސްޓްކޮށްފައި ވާއިރު، ވަރަށް ޖެނެރަލްކޮށް ހަނގުރާމައިގެ ހާލަތާއި އިޒްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅޭ ގޮތުން ނަތަންޔާހޫ ވާހަކަ ދައްކާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް