classified
ރާއްޖެ

އޭދަފުށީ ބަނދަރު ތެރޭގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އޭދަފުށީ ބަނދަރު ތެރޭގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

އޭދަފުށީ ބަނދަރު ތެރެއިން ޢަލީ އަބްދުﷲ މަރުވެފައި އޮއްވައި ފެނިގެން ނަގަނީ -- ފޮޓޯ: އޭދަފުށި ޓައިމް

ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.'

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނީ، ބ. އޭދަފުށީ، ސީސަންގެ، ޢަލީ ޢަބްދުﷲ (82އ) ކަމަށެވެ.

އޭނާގެ ހަށިގަނޑު ބަނދަރު ތެރޭގައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 7:55 އެހައިކަންހާއިރު ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޢަލީ ޢަބްދުﷲއަކީ، ނަފްސާނީ މައްސަލަތަކެއްވެސް ދިމާވެފައިވާ މީހެކެވެ. އަދި އޭނާއަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކަށް އެހީތެރިކަމެއް ނުލިބި ރަށުތެރޭގައި އެކަނިވެރިހާލުގައި ދިރިއުޅޭތާ އެތައް ދުވަހެއް ވެއްޖެކަމުގައިވެސް މައުލޫމާތު ލިބިފައި ވެއެވެ. އޭނާގެ ހާލަތުގެ ވާހަކަ އެރަށުގެ ފަރާތްތަކުން ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްވެސް ކޮށްފައިވެއެވެ.

ޢަލީ ޢަބްދުﷲއަކީ، ދަރިޔަކުވެސް ނެތް މީހަކަށް ވާއިރު، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، ބ. އޭދަފުށީ، ސީސަންގޭ، އަބޫބަކުރު އަބްދުﷲ، (88އ) ނިޔާވީ، މިއަހަރުގެ ޖެނުއަރީމަހު، އޭދަފުށީގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ޢަލީ އަބްދުﷲގެ މަރުގެ މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް