ދާންދޫ މައިނެރުގެ ބައްތި ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނެރު ބައްތި ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: މުޙައްމަދު ޝަރޫފް - ރަށު ރިޕޯޓަަރ
ގއ. ދާންދޫ ބަނދަރަށް ވަދެ ނިކުތުމަށް ބޭނުންކުރާ މައިނެރުގެ ނެރުބައްތި ބަދަލުކޮށް، އައު ނެރުބައްތި ޖެހުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަސައްކަތަކީ ދާންދޫ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ބާވެ ހަލާކުވެފައިވާ ނެރުބައްތިތަކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އައު ބައްތިތަކެއް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. އެމްޓީސީސީން މިހާރު ދަނީ ނެރުގެ ދެފަރާތުގައި އައު ބައްތިތައް ހަރުކުރުމަށް ބޭނުންވާ ތައްޔާރީތަކާއި އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަމުންނެވެ.
މި މަސައްކަތް ކުރިއަށްދާތީ، ދާންދޫ ކައުންސިލުން ވަނީ ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ. އެގޮތުން، ބަނދަރަށް ވަދެ ނިކުމެ ހަދާ އުޅަނދުތަކުން މި ދުވަސްވަރު ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުން ދަތުރުކުރާއިރު ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދުފަހަރު ދުއްވުމަށް ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.








އައު ނެރުބައްތިތައް ޖެހުމުގެ މަސައްކަތް ނިމުމުން، ރޭގަނޑުގެ ވަގުތުތަކުގައްޔާއި ވިއްސާރަ މޫސުމުގައިވެސް ނުރައްކަލެއް ނެތި ފަސޭހަކަމާއެކު ދާންދޫ ބަނދަރަށް ވަދެ ނިކުތުމަށް އޮޑިވެރިންނަށާއި ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޚަބަރުލިޔުނީ: މުޙައްމަދު ޝަރޫފް - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް