Post banner
ރާއްޖެ

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ދެވަނަ ގުރޫޕް ރާއްޖެ އަތުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ދެވަނަ ގުރޫޕް ރާއްޖެ އަތުވެއްޖެ

ހައްޖުވެރިންގެ ދެވަނަ ގުރޫޕް މާލެ އައުން-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ދެވަނަ ގުރޫޕް މާލެ އަތުވެއްޖެއެވެ.

ހައްޖުވެރިންގެ ދެވަނަ ގުރޫޕް މާލެ އައިސްފައި ވަނީ މިއަދުއެވެ.

މިއަދު ހައްޖުވެރިން ރާއްޖެ އައިސްފައިވަނީ، ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. ހައްޖުވެރިންގެ އެންމެ ފަހު ގުރޫޕްވެސް މާލެ އަންނަނީ، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މިއަދު ރާއްޖެއައިސްފައި ވަނީ މިއަހަރު ރާއްޖެއިން ހައްޖަދިޔަ މީހުންގެ 2 ވަނަ ގުރޫޕުގައި ހިމެނޭ 262 މީހުންނެވެ.

ހައްޖުވެރިންގެ ތިންވަނަ ގުރޫޕް މާލެ އަންނާނީ، ސައުދިއާ އެއާލައިންގެ ފްލައިޓެއްގައެވެ. އެފްލައިޓް މާލެ އަންނާނީ މާދަމާ ރޭގައެވެ.

ރާއްޖެއިން މިއަހަރު 1000 ވުރެ ގިނަ މީހުން ވަނީ ހައްޖަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް