Post banner
ދުނިޔެ

މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް ދޭން ޓްރަމްޕް ތާއީދު ކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް ދޭން ޓްރަމްޕް ތާއީދު ކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ---

މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް ދިނުމަށް ތާއީދު ކުރައްވާކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ހާމަކުރައްވައިފިއެވެ.

ޓްރަމްޕް މިކަން ހާމަކުރައްވާފައި މިވަނީ، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއާ ފޯނުން ދެއްކެވި ވާހަކަފުޅުތަކަށް ފަހުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައެވެ.

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށް، އިނގިރޭސި ވިލާތުން ނިންމި ނިންމުމަކީ، މޮޔަ ނިންމުމެއް ކަމުގައި ޓްރަމްޕް ކުރިން ވިދާޅުވިއެވެ. އެހެން ނަމަވެސް ފަހުން އެކަމަށް ޓްރަމްޕް ތާއީދު ކުރައްވާފައި މިވަނީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް ރާއްޖެއިން އިޢުތިރާޒްކުރާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާމަކުރައްވާފައި ވަނިކޮށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައެޅި މައްސަލައިގައި އެކޯޓުން ނިންމާފައި ވަނީ، ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ މޮރިޝަސްއަށް ކަމަށެވެ. އަދި އެނިންމުމާއި އެކު މޮރިޝަސްއިން ވަނީ، ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާކަމަށް ބުނެ އެމައްސަލަ އިޓްލޮސްއަށް ހުށައަޅާފައެވެ. އެއާއެކުގައި ރާއްޖެއާ ޗާގޯސްގެ ރަށްތަކާއި ދެމެދު އޮތް ސަރަހައްދު އަލުން ވަކިކޮށް ބަހާފައި ވާއިރު އެނިންމުން ޤަބޫލު ނުކުރައްވާކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް