Post banner
ރާއްޖެ

ބޭރުމަގު ހެދުމުގެ މަސައްކަތް ޖުލައި 26އަށް ނިންމަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޭރުމަގު ހެދުމުގެ މަސައްކަތް ޖުލައި 26އަށް ނިންމަނީ

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތުން ބޮޑު ތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން އެމަގު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް މިއަހަރުގެ މިނިވަން ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ، އެސަރަހައްދުގެ ޕާކިންގ ޒޯން ހެދުމާއި، ދުވާރު ހެދުމުގެ މަސައްކަތެވެ. އެމަގުގައި ތާރުއެޅުމުގެ މަސައްކަތުގެ ތެރެއިން ފޮރިން މިނިސްޓްރީ އިން ފެށިގެން ދެ ނަމްބަރު ފާލަމާއި ހަމައަށް އޮންނަ ސަރަހައްދުގައި މިހާރު ވަނީ ތާރުއަޅައި ނިންމާފައެވެ. އަދި މިހާރު ކުރަމުންދަނީ، ފޮރިން މިނިސްޓްރީން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ދެމެދުގައި އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތެވެ.

މާލޭގެ އެންމެ ކާރުބާރޫ ބޮޑު މަގަކީ، ބޮޑުތަކުރުފާނު މަގުކަމަށް ވާއިރު، އެމަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ، ދަތުރުވެރިންނާއި، މާލޭގެ ޓްރެފިކަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. މިމަޝްރޫޢު ނިމޭއިރު. މާލޭ ބޮޑު ތަކުރުފާނު މަގުގައި، ތާރުއަޅައިގެން ތަރައްޤީ ނުކުރެވި އޮންނާނީ، މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް