ޤުބާ ގުރޫޕްގެ ހަވާލުގައި އުމްރާއަށްދާ މީހުން މިރޭ ފުރައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޤުބާގެ ޖޫންމަހުގެ އުމްރާ ދަތުރުގެ ބައެއް ބައިވެރިން ---
ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްގެ ހަވާލުގައި މި ޖޫންމަހު އުމްރާއަށްދާ މީހުން މިރޭ ފުރައިފިއެވެ.
ޖޫންމަހުގެ އުމްރާގެ ބައިވެރިން މިރޭ މާލެއިން ފުރާފައި ވަނީ، ސައޫދީ އެއާލައިންގެ ފްލައިޓެއްގައެވެ. ޢުމްރާވެރިން ފުރާފައި ވަނީ މިރޭގެ 20:55ގައެވެ. މިފްލައިޓް ޖިއްދާގައި ޖައްސާނީ މިރޭ ފަތިހުގައެވެ.
15 ދުވަހުގެ މި ޢުމްރާ ނިންމުމަށްފަހުގައި، ޢުމްރާވެރިން މާލެ އަންނަނީ، ޖުލައި 4 ވަނަ ދުވަހުގެ ހެނދުނު 8:30ގައި ސަޢޫދީއެއާ ފްލައިޓުންނެވެ.
މިއަދު އެހެން ބައެއް ގުރޫޕްތަކުގެ އުމްރާވެރީންވެސް ވަނީ ރާއްޖެއިން ފުރާފައެވެ.
ޖޫންމަހުގެ އުމްރާއަކީ، ހައްޖު ނިމި މައްކާ އެންމެ ބޮޑަށް ހުސްވެގެންދާ ވަގުތާއި ދިމާވާގޮތަށް، ޤުބާ ހައްޖު އެންޑް އުމްރާގެ ފަރާތުން ރާވާފައިވާ އުމްރާ ދަތުރެވެ. މީގެ އިތުރުން ޖުލައި މަހުގެ އުމްރާ ދަތުރާއި، ޑިސެމްބަރު މަހުގެ އުމްރާ ދަތުރުގައިދާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުޞަތު ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް