ދުނިޔެ

އިޒްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިޒްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފި

އިޒްރާއީލުން އީރާންގެ ވެރިތަށް ތެހެރާނަށް ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލުން އީރާނާއި ދެކޮޅަށް މިހަމަލާ ދީފައި ވަނީ ޖެނީވާގައި އެމެރިކާ އާއި އީރާނުގެ މެދުގައި ކުރިޔަށް ދިޔަ މަޝްވަރާތައް ނާކާމިޔާބުވެފައި ވަނިކޮށެވެ. އެމެރިކާއިން ބޭނުންވަނީ، އީރާނުން ނިއުކުލިއަ ހަތިޔާރު އުފެއްދުން ހުއްޓުވައި، އީރާނުގެ އަތުގައި ފައްކާކޮށްފައި ހުރި ޔުރޭނިއަމް އަތުލާށެވެ.

އީރާނުން އެމެރިކާގެ ހުށައެޅުންތަކާއި ދެކޮޅު ހަދާނަމަ އަސްކަރީ ބާރުގެ ބޭނުން ކުރާނެކަމަށް އެމެރިކާއިން ބުނެފައި ވީނަމަވެސް، އެމެރިކާ އޮތީ، އިސްވެ ހަނގުރާމަ ފަށަށް ފަސްޖެހިފައެވެ. އެހެން ނަމަވެސް އިޒްރޭލުން އައީ އީރާނާއި ދެކޮޅަށް އެމެރިކާއިން ހަނގުރާމަކުރުމަށް ބާރު އަޅަމުންނެވެ.

އިޒްރާއީލުން އިސްވެ މިއަދު ތެހެރާނަށް މިހަމަލާތައް ދިނީ، އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވައްދަން ކަމުގައި އެމެރިކާގެ ސިޔާސީ ފަރާތްތަކުންވެސް ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކްރޫޒް މިސައިލްގެ ހަމަލާތަކެއް ތެހެރާނަށް މިއަދު ވަނީ އަމާޒުވެފައެވެ. މިހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް