Post banner
ރަށްރަށުން

"ލެކުއަރ އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2026" މިއަދު ހަވީރު ފަށަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

"ލެކުއަރ އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2026" މިއަދު ހަވީރު ފަށަނީ

ތުޅާދޫ ކައުންސިލްގެ "ލެކުއަރ އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2026" މިއަދު ހަވީރު ފަށާނެއެވެ.

ތުޅާ ފުޓްބޯލް ޓޯރނަމެންޓްގެ ނަމުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ނަން ލެކުއަރ އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕަށް ރީބްރޭންޑްކޮށް، ޗެންޕިއަން ޓީމަށް 35،000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައަޅާފައިވެއެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ 4 ޓީމަކީ ނިމުނު އަހަރުގެ ރަނަރއަޕް ހޯދި ކުލަބު ތޮޅިހެލޭ، މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޓީމް އެޑްވާންޓޭޖް، އެފްސީ ބިއްލޫރި އަދި މުޅިން ވެސް 18 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނޭ އެންމެ ޒުވާން ޓީމް، ކަފަމާ ޔުނައިޓެޑެވެ.

ވޭތުވެ ދިޔަ އަހަރު 6 ޓީމް ވާދަކުރިއިރު، އެންމެ ފަހުގެ ޗެންޕިއަން ޓަރގެޓް ސްޕޯޓްސް ކުލަބު އަދި ސެމީގައި ބަލިވި ދެކުނު ކަންމަތި ސްޕޯޓްސް ކުލަބުގެ އިތުރުން އަލް ސްޓްރައިކަރސް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.

އެފްސީ ބިއްލޫރި ސެމީގައި ކުލަބު ތޮޅިހެލޭ އަތުން ބަލިވެ މުބާރާތް ނިންމާލިއިރު، ފައިނަލްގައި ކުލަބު ތޮޅިހެލޭ އާއި ޓަރގެޓް ސްޕޯޓްސް ކުލަބް ވާދަކޮށް ޗެންޕިއަންކަން ހޯދީ ޓަރގެޓް ސްޕޯޓްސް ކުލަބުންނެވެ.

ފުރަތަމަ މެޗުގައި ކުލަބު ތޮޅިހެލޭ އަދި ކަފަމާ ޔުނައިޓެޑް ވާދަކުރާއިރު ތޮޅިހެލޭގެ މުހިއްމު ދެކުޅުންތެރިން އޭދަފުށީގެ އިޝާން އިބްރާހީމް އަދި މުޙައްމަދު ޝުހައިލް މިއަދުގެ މެޗުގައި ފެނިގެން ނުދާނެކަމަށް މަޢުލޫމާތުލިބެއެވެ. ތޮޅިހެލޭގެ ގޯލް ކީޕަރަކީ ނިމުނު އަހަރު ޓަރގެޓް ޓީމާއި އެކު ޗެންޕިއަންކަން ހޯދި ގޯލްކީޕަރެވެ.

ނިއުރޭޑިއެންޓްގެ ކުރީގެ ކެޕްޓަން އަޙްމަދު މުޙައްމަދު(ނިއު އައްމަޑޭ)ގެ އިރުޝާދުގެ ދަށުން ތޮޅިހެލޭ ނިކުމެފައިވާއިރު ކަފަމާ ޔުނައިޓެޑާއި ހަވާލުވެ ހުރީ ގްރީން ސްޓްރީޓްގެ ކުރީގެ ކޯޗް އަލީ ނިޝްތާރުއެވެ.

މާޒް މުޙައްމަދު ،މުއާން މުޢުތަސިމް އަދި ނަބީލް މޫސާ ފަދައަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިން ކަފަމާ ޔުނައިޓެޑުން ފެނިގެންދާއިރު، ޢާދިލް ޢަބްދުއްރަޙްމާން،އިބްރާހިމް ރަފާޙް އަދި ޙައްޔާން ޙަސަން ފަދަ ތުޅާދޫގެ ތަޖުރިބާކާރު ގިނަ ތަރިންތަކެއް ހިމެނެއެވެ.

މާދަމާ ހަވީރު އޮންނާނީ އެފްސީ ބިއްލޫރި އަދި ޓީމް އެޑްވާންޓޭޖް ބައްދަލުކުރާމެޗެވެ. ލީގު އުސޫލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ޖުމްލަ 7 މެޗެއް ކުޅެވޭނެއެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް