classified
ދުނިޔެ

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނަށް އައި ބިނެހުލުމުގައި ލިބުނު ގެއްލުންތައް --

ޖަޕާނަށް މިއަދު ބާރު ގަދަ ބިންހެލުމެއް އައިސްފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާ ގޮތުގައި މިބިންހެލުމުގެ ބާރުމިން ރިކްޓަރ މިންގަނޑުން 7.1 ގައެވެ. ބިނެހެލުން އައިސްފައި ވަނީ މިއަދު ޖަޕާނުގެ ގަޑިން 4:30 ހާއިރުގައެވެ، ޖަޕާނުގެ ހުޅަނގު ދެކުނު އޫކި ސިޓީ އަދި ހިކަވާ ސަރަހައްދަށެވެ. ބިންހެލުމާއި ގުޅިގެން ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް އެ އިންޒާރު މިހާރު ވަނީ ކެންސަލްކޮށްފައެވެ.

ޖަޕާނަށް އައި މިބިންހެލުމަށްފަހު އިތުރު ލޮޅުންތައްވެސް އަންނަމުންދާ ކަމުގައި ޖަޕާނުގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިފަހުގެ ތާރީޚުގައި ޖަޕާނަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 2011 ވަނަ އަހަރުގެ މާރިޗުމަހުގައެވެ. 9.1ގެ ބާރުމިނިގައި އައި އެބިންހެލުމުގެ 15000 މީހުން މަރުވިއެވެ.

މިއަދު އައި ބިންހެލުގައިވެސް މަގުތަކާއި ބުރިޖުތަކަށް ގެއްލުންތައް ލިބިފައިވާއިރު އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް