ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން މިފަހަރު ނުބާއްވާނެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
2024 ވަނަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި 26 ޖުލައި ގައި ރާއްޖޭގައި ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އެ ދުވަހުގެ ހެނދުނު 09:00 ގައި ޒުވާނުންގެ މާލަމުގައި އޮންނާނެކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ. އަދި މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ގައުމާ މުހާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް