Post banner
ރާއްޖެ

ދިފާޢީ ދާއިރާ އާއި ދީނީ ދާއިރާއިން މެލޭޝިއާއާއެކު ދެ ފަހުމްނާމާއެއްގައި ސޮއިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިފާޢީ ދާއިރާ އާއި ދީނީ ދާއިރާއިން މެލޭޝިއާއާއެކު ދެ ފަހުމްނާމާއެއްގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ދިފާޢީ ދާއިރާ އާއި ދީނީ ދާއިރާއިން މެލޭޝިއާއާއެކު ދިވެހިރާއްޖެއިން ދެ ފަހުމުނާމާއެއްގައި ސޮއިކޮށް އެއްބަސްވުން ބަދަލުކޮށްފިއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީގައެވެ. މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމަށް ވެވުނު ފަހުމުނާމާ ބަދަލުކުރެއްވީ، ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި ދީނީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުން ބަދަލު ކުރެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ، މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މެލޭޝިއާ ސަރުކާރުގެ ފަރާތުން މި ދެ އެއްބަސްވުންވެސް ބަދަލުކޮށްދެއްވީ، މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ އޮފް މެލޭޝިއާ ޖޯހަރީ އަބްދުލް ޤަނީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވަނީ، ދެޤައުމުގެ ދެމެދުގައި ރަސްމީ ބައްދަލުކުރެއްވުން ބާއްވާއި، ނޫސް ބަޔާނެއްވެސް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް