classified
ދުނިޔެ

ޕާކިސްތާނުގެ ކާގޯ މަތިންދާ ބޯޓެއް ވެއްޓިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕާކިސްތާނުގެ ކާގޯ މަތިންދާ ބޯޓެއް ވެއްޓިއްޖެ

ކޭ2 އެއާވޭސްގެ ބޯއިންގ 737 މަރުކާގެ މަތިންދާ ބޯޓު --

ޔޫއޭއީގެ ޝާރްޖާ އެއާޕޯޓުން ފުރައިގެން، ރޭ ޕާކިސްތާނުގެ ކަރާޗީއަށް ދަތުރުކުރި ކާގޯމަތިންދާ ބޯޓެއް ގެއްލިއްޖެއެވެ.

ކޭ2 އެއާވޭސްގެ ބޯއިންގ 737 މަރުކާގެ މިބޯޓު ރާޑަރުން ގެއްލުނީ، ބޯޓުގެ ނެވިގޭޝަނަށްވެސް މައްސަލަތަކެއް ދިމާވިކަން ރިޕޯޓްކުރި ފަހުންނެވެ. ފްލައިޓް ރާޑަރ މައުލޫމާތުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، 32000 ފޫޓުމަތިން އުދުހެމުން ދިޔަ އެބޯޓު ކުއްލިއަކަށް ބާރު ސްޕީޑްގައި ތިރިއަށް އައެވެ. މިނިޓަކު 22400 ފޫޓު ބާރު މިނުގައި ބޯޓު ތިރިއަށް އައިރު، ރާޑަރަށް ބޯޓުގެ ގެއްލުނީ، 1100 ފޫޓަށް ބޯޓު ތިރިވިފަހުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ކަރާޗީގެ ދެކުނުން 155 ނޯޓިކަލް މޭލު ދުރުން އިންޑިއާކަނޑުތެރެއަށް ވެއްޓުނީކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވެއެވެ.

މިބޯޓުގައި ތިބީ، 5 ކުރޫ މެމްބަރުންނެވެ. ބޯޓު ވެއްޓުނުކަމަށް ބެލެވޭ ސަރަހައްދު ޕާކިސްތާނުގެ ކަނޑުގެ ސިފައިން މިހާރު ގެންދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް